ads
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން: އީބީއެފް
ޓެރަރިޒަމަށް ފަންޑުކުރާ ގައުމުތަކުގެ ލިސްޓުން ޕާކިސްތާނުގެ ނަމެއްނުނެގި
ޓެރަރިޒަމަށް ފަނޑުކުރާ ގައުމުތަކުގެ ލިސްޓުގައި ޕާކިސްތާނުގެ ނަން ނުނަގައި އެ ލިސްޓުގައި ޕާކިސްތާނުގެ ނަން މިއަހަރުގެ ޖޫން މަހާއި ހަމައަށް ދަމަހައްޓަން ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް" (އެފްއޭޓީއެފް) އިން ނިންމައިފިއެވެ.
Advertisement

ޕާކިސްތާނު އޮތީ މި ލިސްޓުގެ ގްރޭ (އަޅި) ފަޅަލައިގައެވެ. އަދި ޕާކިސްތާނާއި ދެކޮޅަށް ސީރިއަސް ތުހުމަތުތަކެއް މި ޖަމިއްޔާއިން ވަނީ އުފުލާފައެވެ. 

އެފްއޭޓީއެފް އިން ވަނީ 1373 ޓެރަރިސްޓަކަށް 1267 ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޕާކިސްތާނަށް ގޮވާލާފައެވެ. ނަމަވެސް ޕާކިސްތާނުން އެކަންކަމަށް އެކަށީގެންވާ އެއްބާރުލުމެއް ނުދެއެެވެ. 

މި މައްސަލައިގައި ހޯމަ ދުވަހު ޕެރިހުގައި ބޭއްވި ބައްދަލުވުމުގައި އެފްއޭޓީއެފް ގެ ރައީސް ޑރ. މާކަސް ޕްލެޔާ ވިދާޅުވެފައިވަނީ ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުންނާއި ތަންތަނުގެ މައްޗަށް ތަހީގުތައް ހިންގުމަށާ، ދައުވާ ކުރުމުގެ އިތުރުން އެކަންކަމާއި ކުރިމަތިލާން އެކްޝަން ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށެވެ. 

"ޕާކިސްތާނުން ފާއިތުވީ ދުވަސްތަކުގައި ކުރިއެރުންތަކެއް ހޯދިކަން ވެސް މި ދަނޑިވަޅުގަ ފާހަގަކޮށްލަން،" -އެފްއޭޓީއެފް ގެ ރައީސް ޑރ. މާކަސް- 

ޓެރަރިޒަމްއާއި ގުޅުންހުރި ހަރަކާތްތައް މޮނިޓާ ކުރުމަށް އެކުލަވާލާފައިވާ އެ ޖަމިއްޔާގެ ލިސްޓަށް ޕާކިސްތާނު އެރީ 2019 ވަނަ އަހަރުއެވެ. މިގޮތުން 2020 ވަނަ އަހަރު އެ ޖަމިއްޔާއިން ނިންމީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި ހަމައަށް އެ ލިސްޓުގައި ބާއްވާށެވެ. ނަމަވެސް ޕާކިސްތާނަށް އިސްލާހުކުރަން ހުށަހެޅި 27 ކަންތައްތަކުގެ ތެރެއިން 6 ކަމެއް ފުރިހަމަކުރަން ވަނީ ފެއިލްވެފައެވެ. 

އެކަންތައްތަކުގެ ތެރޭގައި ޓެރަރިސްޓު ޖަމާއަތެއްކަމަށްވާ ޖައިޝޭ މުހައްމަދުގެ ވެރިޔާ މުލާނާ މޫސާ އަޒްހަރު އަދި ޖަމާއަތް އުދްވާ ކިޔާ ޓެރަރިސްޓު ޖަމާއަތުގެ އިސްވެރިއާ ހާފިޒް ސައީދު އާއި މެދު ފިޔަވަޅު ޕާކިސްތާނުން އަޅާފައެއް ނުވެއެެވެ. މި ދެ މީހުންނަކީ އިންޑިއާއަށް އެންމެ ހިފަން ބޭނުންވާ ދެ ޓެެރަރިސްޓުންނެވެ. ސަބަބަކީ މުމްބާއީ އަށް ދިން ޓެރަރިސްޓު ހަމަލާއާއި، އިންޑިއާ ސިފައިން އުފުލި ބަހަކަށް 2020 ވަނަ އަހަރު ކަޝްމީރު ބޯޑަރު ސަރަހައްދުން ދިން ހަމަލާގައި ވެސް މި ޓެރަރިސްޓުން ހިމެނޭތީއެވެ.  

ޕާކިސްތާނުގައި 30،000 އާއި 40،000 އާއި ދެމެދުގެ އަދަދަކަށް ޓެރަރިސްޓުން ދިރިއުޅޭކަމަށް އެގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް