ads
ދިރާގު--
ރާއްޖެ-ލަންކާ ގުޅާލި އާ ސަބްމެރިން ކޭބަލްއިން ހިދުމަތް ދޭން ފަށަނީ
ދިރާގު އަދި އުރީދޫ އަދި ސްރީލަންކާގެ އެންމެ ބޮޑު އެއް ޓެލެކޮމް ސާވިސް ޕްރޮވައިޑަރު ޑައިލޮގް އެޒިއާޓާ ގުޅިގެން ރާއްޖެ-ލަންކާ ގުޅާލި އާ ސަބްމެރިން ކޭބަލްއިން ހިދުމަތް ދޭން ފަށަން ތައްޔާރުވެއްޖެ އެވެ.
Advertisement

ނިމިދިޔަ 2020 ވަނަ އަހަރުގެ ކުރީކޮޅު ވާވޭ މެރިން ނެޓްވޯކްސް އަޅަންފެށި ކޭބަލް އިން ރާއްޖެ-ލަންކާ ގުޅާލާ ނިންމީ މިދިޔަ ޑިސެމްބަރު މަހުއެވެ. 

އެ މަސައްކަތުގެ ދަށުން، އެޅި ސަބްމެރިން ކޭބަލްގެ 45 ޕަސަންޓު ހިއްސާ ދިރާގަށް އޮންނަ އިރުގައި އުރީދޫ މޯލްޑިވްސްއަށް ވެސް 45 ޕަސަންޓު އޮވެ އެވެ. އަދި ސްރީލަންކާގެ ޑައިލޮގް އެޒިއާޓާއަށް އޮންނާނީ އެ ކޭބަލްގެ 10 ޕަސަންޓު އޯނާޝިޕެވެ.

ވޭވްލެންތް ޑިވިޝަން މަލްޓިޕްލެކްސިންގް ސަބްސިސްޓަމްގެ އިތުރުން 863 ކިލޯމީޓަރުގެ ފައިބާ އޮޕްޓިކް ކޭބަލް އެކުލެވިފައިވާ އެމްއެސްސީއަކީ ރާއްޖެއާއި ސްރީލަންކާގެ އިންޓަނޭޝަނަލް އިންޓަނެޓް ޓްރެފިކް ފްލޯއަށާއި މުވާސަލާތީ ނިޒާމު އިތުރަށް ވަރުގަދަ ކުރުމަށް އެޅި ކޭބަލްއެކެވެ.

އެމްއެސްސީ ސިސްޓަމްއަކީ ލަންކާގެ ޑައިލޮގް އިން ސަބްމެރިން ކޭބަލް އަށް ކުރި ދެވަނަ އިންވެސްޓްމެންޓަށް ވާއިރު އެކުންފުނިން މީގެ ކުރިން ވަނީ ބީބީޖީ ކޭބަލް އާއި ލަންކާއާވެސް ގުޅާލާފައެވެ. އަދި އެމްއެސްސީ އަކީ ރާއްޖެއަށް ގުޅާލެވުނު ތިންވަނަ ސަބްމެރިން ކޭބަލް ވެސް މެއެވެ.

ދިރާގާއި ސްރީލަންކާ ޓެލެކޮމް ގުޅިގެން ލަންކާއާއި ރާއްޖެއާ ދެމެދު ފުރަތަމަ ކޭބަލް އަޅާފައިވާއިރު ދެވަނަ ކޭބަލަކީ އުރީދޫ މޯލްޑިވްސްއާއި ފޯކަސް އިންފޯކޮމް އަދި އިންޑިއާގެ ރިލަޔަންސް ކޮމިއުނިކޭޝަންސް ގުޅިގެން އަޅާފައިވާ "ވާފް" ސަބްމެރިން ކޭބަލެވެ.

އެ ކޭބަލް އިން ހިދުމަތް ދޭން ތައްޔާރުވެފައިވާއިރު، ދިރާގު އަދި އުރީދޫ އިންވެސް ބުނެފައިވަނީ މީގެ ސަބަބުން ރާއްޖެއަށް ފޯރުކޮށްދޭ ޑިޖިިޓަލް ހިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދަނެ ކަމަށެވެ. މިއާއެކު މުޅި ރާއްޖެއަށް 5 ޖީ ނެޓްވޯކު ފޯރުކޮށްދިިނުމަށް ކުރާ މަސައްކަތުގައި އިތުރު ބާރެއް ލިބިގެން ދާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް