އެ ދެތަރިން ހެދުން އަޅާ ގޮތާއި ގެންގުޅޭ ސާމާނުތަކައް ގިނަ ބައެއް ފާރަލައެވެ. އަދި އެމީހުން ކުރާ ކަންތައް ވެސް ކޮޕީ ކުރެއެވެ. ދާދިފަހުން ބެލުން ތެރިންގެ ނަޒަރު ހުއްޓިފައިވަނީ އެ ދެތަރިން ލާފައިވާ ހުދު ހެދުމަށެވެ.
އެގޮތުން އަތް ދިނު އަތަކާއި ވީ ނެކް އެއްލާފައިވާ ހުދު ހެދުމުގައި ހީނާ ފެނިފަގެން ގޮސްފައިވާއިރު އޭނާގެ ރީތިކަމަށް އެތަށް ބަޔަކު ވަނީ ތައުރީފުގެ ބަސްތައް އޮއްސާފައެވެ. އެގޮތުން ސާދާ މޭކަޕެއްގައި ހީނާ ހުރި އިރުގައި އޭނާ އިސްތަށިގަޑު ވަނީ ފަން ކޮށްފައެވެ.
މީގެ އިތުރުން އާލިއާ ހުދު ހެދުމުގައި ފެނިގެން ގޮސްފައި ވަނީ ސަންޖޭ ލީލާ ބަންސާލީ ގެ އުފަން ދުވަހުގެ ހަފްލާގެ ތެރެއިން ނެވެ. ވަން ޝޯލްޑާ ޓޮޕެއް އާލިއާ ލައިފައިވާއިރު ހުދު ކުލައިގެން ހަރުވާޅަކާ އެކު އާލިއާގެ ރީތިކަން އިތުރަށް ފުރިހަމަވެގެން ދެއެވެ.
އޭނާގެ ހެދުމުގެ ރީތިކަމާއި އާލިއާގެ ރީތިކަމަށް ފޭންސުން ވަނީ ވަރަށް ތައުރީފުކޮށްފަ އެވެ.
އެ ދެތަރިންގެ އިތުރުން ވެސް ބޮލީވުޑްގެ ތަރިން ފަހަކައް އައިސް ހުދު ކުލައިގެ ހެދުންލާ މަންޒަރު ވަރަށް ގިނައިން ފެނެ އެވެ.