ads
ޓެކްނޮލޮޖީ މިނިސްޓަރު މަލީހް--
މަލީހު މިނިސްޓަރުކަމުން ވަކިކޮށްފި
މަލީހާ އެކު ފަސް މިނިސްޓަރަކު ވަނީ މިސަރުކާރުން ވަކިވެފައި
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހުގެ އިތުބާރު ނެތްކަަމަށް ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއަދުގެ ޖަލްސާގައި މަލީހުގެ އިތުބާރު ނެތްކަމަށް ފެންނަކަމަށް 59 މެންބަރުން ވޯޓު ދީފައިވާއިރު، ނުފެންނަކަމަށް ވޯޓު ދީފައިވަނީ އެންމެ މެންބަރެކެވެ. ހަތަރު މެންބަރަކު ހާޒިރެއް ނުވެއެވެ. 

މަލީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދިނުމަށް އެމްޑީޕީގެ މެމްބަރުންނަށް އިއްޔެ ތްރީލައިން ވިޕެއް ވެސް ނެރުނެވެ.

މިއަދުގެ ޖަލްސާގައި ވަނީ މަލީހަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ދީފަ އެވެ.

އެ ފުރުސަތުގައި މަލީހު ވިދާޅުވެފައިވަނީ، "ހަކުރާގޭ ފެންޑާގައި އެކޮޅު ކޮޅުން އެލުވިކަމުގައިވިޔަސް ގާނޫނު އަސާސީގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން" ހިފާނެ ކަމަށެވެ. އަދި މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ "ޒާތީ" ކަމެއްގެ ގޮތުގައި ކަމަށެވެ. 

ނަމަވެސް އެ މައްސަލާގައި ވާހަކަ ދެއްކެވި އެމްޑީޕީ މެންބަރުން ވިދާޅުވެފައިވަނީ، މަލީހު ވަކިކުރަނީ "ޒާތީ" މައްސަލައެއްގައި ނޫން ކަމަށާއި ކުރަންޖެހޭ މަސައްކަތްތައް ފުރިހަމައަށް ކޮށްފައިނުވާތީ ކަމަށެވެ. 

އެކަމަށް ދެއްވި ޖަވާބުގައި މަލީހް ވިދާޅުވެފައި ވަނީ މިނިސްޓްރީއާ މަތިކުރި އެއްވެސް ކަމެއްނުކޮށް ނޯންނާނެ ކަމަށެވެ. 

ޖުމްލަ 14 މެމްބަރުންގެ ސޮއާއިއެކު އެ މައްސަލަ މަޖިލީހަށް ވެއްދީ، ސުޕަ މެޖޯރިޓީ ލިބިފައިވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް އެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް