ads
އަފްރާޝީމް މަރާއި ގުޅޭ މައުލޫމާތު ރިޔާޒު ހިއްސާ ކުރައްވައިފި
އުނގޫފާރު ދާއިރާގެ މެންބަރުކަން ކުރައްވަމުން ދަނިކޮށް އަނިޔާވެރިކޮށް ހަމާލާ ދީ މަރާލި ޑރ. އަފްރާޝީމް އަލީ ގެ މަރާއި ގުޅޭގޮތުން ލިބިފައިހުރި މައުލޫމާތު މަރުތަކާ ބެހޭ ކޮމިޝަން އާއި ހިއްސާކޮށް ބަޔާން ދެއްވާފައިވާކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
އުނގޫފާރު ދާއިރާގެ މެންބަރުކަން ކުރައްވަމުން ދަނިކޮށް އަނިޔާވެރިކޮށް ހަމާލާ ދީ މަރާލި ޑރ. އަފްރާޝީމް އަލީ ގެ މަރާއި ގުޅޭގޮތުން ލިބިފައިހުރި މައުލޫމާތު މަރުތަކާ ބެހޭ ކޮމިޝަން އާއި ހިއްސާކޮށް ބަޔާން ދެއްވާފައިވާކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

އަބްދުﷲ ރިޔާޒަކީ 2013 ވަނަ އަހަރު ޑރ. އަފްރާޝީމް އަވަހާރަކޮށްލިއުރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. އޭރު ދެއްވި ޕްރެސް ކޮންފަރެންސްއެއްގައި ރިޔާޒު ވިދާޅުވެފައިވަނީ އަފްރާޝީމްގެ މަރަކީ 'ޕޮލިޓިކަލީ މޯޓިވޭޓެޑް' ނުވަތަ ސިޔާސީ ގޮތުން ބަޔަކު ފަހަތުގައި ހުރެގެން ކުރި ކަމެއްކަމަށެވެ. އެހެން ނަމަވެސް އެ މަރުގައި ހިމެނޭ ސިޔާސީ އެއްވެސް ފަރާތެއް މިހާތަނަށް ރިޔާޒު ހާމައެއް ނުކުރައްވައެވެ.

މީގެ ކުރިން ރިޔާޒު ވިދާޅުވެފައިވަނީ، ޑރ. އަފްރާޝީމްގެ މަރާއި ގުޅިގެން ވަރަށް ގިނަ މައުލޫމާތު ހުރިނަމަވެސް ސީޕީގެ ހައިސިއްޔަތުން ލިބިވަޑައިގެންފައި ހުރި މައުލޫމާތުތަކަކީ ސޯޝަލް މީޑިއާގައި ނުވަތަ ޕަބްލިކްކޮށް ދެއްކޭނެ ވާހަކަތަކެއް ނޫންކަމަށެވެ.

އަފްރާޝީމް އަވަހަރާކޮށްލިއިރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ރިޔާޒު ވިދާޅުވީ އަފްރާޝީމްގެ މަރާ ބެހޭ މައުލޫމާތު އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ޖެހުމުން ހާމަކުރައްވާނެކަމަށެވެ. އަފްރާޝީމުގެ މަރަށް މިހާރު ހަ އަހަރުވެފައިވާއިރު އެކަމާއި ގުޅޭގޮތުން މިއަދާއި ހަމައަށްވެސް މައުލޫމާތު ހިއްސާކޮށްފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ރިޔާޒަށް އަމާޒުވިނަމަވެސް އޭނާ ވިދާޅުވީ އަފްރާޝީމުގެ މަރުގެ މައްސަލައަކީ ތަހުގީގުކޮށް ނިމިފައިވާ މައްސަލައެއް ނޫންކަމުން އެކަމާއި ގުޅޭގޮތުން މީޑިއާގައި ވާހަކަ ނުދެއްކޭނެކަމަށެވެ.

"އެމައްސަލާގައި ވަރަށް ގިނަ މައުލޫމާތު ހުންނާނެ، ލިބޭ ހުރިހާ މައުލޫމާތަކީ ސޯޝަލް މީޑިއާގައި ނޫނިއްޔާ ޕަބްލިކޮށް އަޅުގަނޑަށް ދެއްކޭނެ ވާހަކައެއް ނޫން. ކޮންމެ ފަހަރަކުވެސް އަޅުގަނޑު ބުނެފައި ހުންނާނީ އަޅުގަނޑަށް އެކަށީގެންވާ ވަގުތެއްގައި އެކަށީގެންވާ ތަނެއްގައޭ އެމައްސަލައާ ބެހޭގޮތުން ވާހަކަ ދެއްކޭނީ. އެއީކީ މީޑިއާގައި ދެއްކޭނެ ވާހަކަތަކެއް ނޫން. ސަބަބަކީ އަދިވެސް އެއީ ކްލޯޒްޑް ކޭސް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން" ރިޔާޒު ވިދާޅުވެފައިވެއެވެ.

ޑރ. އަފްރާޝީމުގެ މަރަށްފަހު ރިޔާޒު ސީޕީގެ މަގާމުގައި ހުންނެވީ އެންމެ އަހަރެކެވެ. އެހެންކަމުން މުއައްސަސާއެއްގެ އިސް މަގާމުގައި މީހަކު ހުއްޓާ ހިނގާ ކަމެއްގެ މައުމޫލާތު ހާމަކުރަން ޖެހެނީ މަގާމުން ވަކިވާ ފަހުން އެމީހަކު ނޫން ކަން ފާހަގަކުރައްވާ ރިޔާޒު ވިދާޅުވީ އެމައުލޫމާތުތައް ހިއްސާ ކުރަން ޖެހެނީ މުއައްސަސާއިން ކަމަށެވެ.

"ޕަބްލިކް އޮފީހެއްގައި އެންމެ މަތީ މަގާމުގައި ހުރެގެން އެމަގާމުގައި ހުއްޓާ ލިބޭ މައުލޫމާތުތަކަކީ ހަމައެކަނި އެމައްސަލަ އެކަންޏެއް ނޫން މީސްމީހުންނާ ބެހޭގޮތުން ހުންނަ އެކިއެކި މައްސަލަތައް ކަމުގައި ވިޔަސް އެކަހަލަ ވާހަކަތަކަކީ ގާނޫނު ބުނާގޮތުން ވެސް ހާމަނުކުރެވޭނެ ކަންކަން. އެއީ ރައްކާތެރި ކުރެވެންޖެހޭ ކަންކަން. މުއައްސަސާތަކުގައި ވެސް ހުންނާނެ ރައްކާތެރި ކުރަންޖެހޭ ކަންކަން. އަޅުގަނޑުމެން ޕަބްލިކް އޮފިޝަލުންނަކަށް އެހާމައެއް ނުކުރެވޭނެ" ރިޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން ރިޔާޒު ވިދާޅުވީ، ރައްޔިތުން މިހާރު އެންމެ ކަންބޮޑުވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި ޑރ. އަފްރާޝީމްގެ މަރާ ގުޅޭ އެއްވެސް ވާހަކައެއް ދައްކާފައި ނުވާތީކަމަށެވެ. އަދި ތަހުގީގަށް ވީގޮތް ނޭނގުމުން ކަމަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސީޕީގެ މަގާމުގައި ރިޔާޒު ހުންނަވާ، ބައެއް ފަރާތްތަކުގެ ބޮލުގައި އަފްރާޝީމުގެ މަރުގެ ތުހަމަތު އެޅުވުމަށް މަސައްކަތްކުރިކަމަށް ބައެއް ފަރާތްތަކުން ބުނަމުން އައިނަމަވެސް އެކަން ދޮގުކުރައްވާ ރިޔާޒު ވިދާޅުވީ، އޭނާ އެމަގާމުން ވަކިވެވަޑައިގަތުމާއި ހަމައަށް ވެސް ތަހުގީގު ޓީމުން ބެލުމަށްފަހު މައްސަލައިގެ ތެރެއިން ފެނުނު ނުވަތަ އިވުނު އެއްޗަކަށް ބިނާކޮށް މެނުވީ މީހަކާ ސުވާލު ކޮށްފައި ނުވަތަ ބަންދުކޮށްފައި ނުވަތަ ކޯޓު މެދުވެރިވެގެން ފަނޑިޔާރެއްގެ ނިންމުމުން މެނުވީ މީހަކަށް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށެވެ. އަދި އޭރު މައްސަލަ ތަހުގީގުކުރެވެމުންދިޔައިރު ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެއްވެސް ނުފޫޒެއް ކުރިމަތިވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އޭރު އެމަގާމުގައި ހުންނެވީ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކެވެ.

ކުރިއަށް އޮތް ދައުރުގައި ވެސް އެމައްސަލަ ތަހުގީގުކުރުމަށް އޭނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެކަން ފާހަގަކުރައްވާ ރިޔާޒު ވިދާޅުވީ، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރިން ވިދާޅުވިހެން އެމަނިކުފާނުގެ ވެރިކަމެއްގައި ޑރ. އަފްރާޝީމުގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރައްވާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

ހުމާމު މެރުމަށް ހުކުމް އިއްވިނަމަވެސް އޭނާ މަރަން އަދި ބޭނުންނުވާކަމަށް ޑރ. އަފްރާޝީމުގެ އާއިލާއިން ދަނީ ބުނަމުންނެވެ. ސަބަބަކީ ޑރ. އަފްރާޝީމު މަރާލުމަށް ފައިސާ ހޭދަކުރި މީހުން އެނގިފައި ނުވާތީ މައްސަލަ ފުރިހަމައަށް ތަހުގީގުކުރިކަމަށް އާއިލާއަށް ގަބޫލުނުކުރެވޭތީއެވެ. އަދި އެމަރުގެ ހަގީގަތާއި ހަމައަށް ވާސިލުވުމުގެ ކުރިން ހުމާމު މަރަން އާއިލާއިން ބޭނުން ނުވާތީއެވެ.

މި މައްސަލައިގައި މަރަން ހުކުމް ކޮށްފައިވާ ހުސެން ހުމާމް، ދޫކޮށްލުމަށް އދ ގެ ހިއުމަންރައިޓްސް ކޮމިޝަނުން ވަނީ ދިވެހި ސަރުކާރަށް އަންގާފައެވެ. ނަމަވެސް އެކަމެއް އަދި ސަރުކާރުން ނުކުރެއެވެ. އދ ހިއުމަންރައިޓްސް ކޮމިޝަން އިން ބުނެފައިވަނީ ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގު ހިންގުމުގައި ބައިނަލް އަގުވާމީ މުއާހަދާތަކާ ހިލާފުވެ، ހުމާމުގެ އިންސާނީހައްގުތައް ގެއްލުވާލާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އުފެއްދެވި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ ކޮމިޝަނުން އަންނަނީ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރަމުންނެވެ. އެ ކޮމިޝަނުންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެފައިވަނީ އެ މައްސަލައިގެ ތަހުގީގުގެ ބޮޑުބައެއް ނިމިފައިވާކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް