ads
ގަލޮޅު ދެކުނު ދައިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް-
ކޮމިއުނިކޭޝަން މިނިސްޓްރީއަކީ އޮންނަން ޖެހޭނެ މިނިސްޓްރީއެއް ނޫން: މީކާއިލް
ކޮމިއުނިކޭޝަން މިނިސްޓްރީއަކީ މިހާރު އޮންނަން ޖެހޭނެ މިނިސްޓްރީއެއް ކަމަށް ގަބޫލު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީޖުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދަޅުވެއްޖެއެވެ.

މީކާއިލް މިހެން ވިދާޅުވީ، ސީއެންއެމްގެ އިތުރުކާފު ފްރޮގުރާމުގައި، ކޮމިއުނިކޭޝަން މިނިސްޓަރުގެ ކަމުގެ މަގާމުން މުހައްމަދު މަލީހު ޖަމާލް ވަކިކުރި މައްސަލާ އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. 

މީކާއިލް ވިދާޅުވީ، އެ މިނިސްޓްރިއަކީ މިހާރު އޮންނަން ޖެހޭނެ މިނިސްޓްރީއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެގޮތުން، މީކާއިލް ވިދާޅުވީ، އެ މިނިސްޓްރީގެ މެންޑޭޓާއި، ރައީސް އޮފީހުގެ ސީ.ޓީ.އޯ (ޗީފް ޓެކްނޮލޮޖީ އޮފިސާ) ގެ މެންޑޭޓަކީ އެއް މެންޑޭޓެއް ކަމަށް، މަޖިލީހުގެ ޖަލްސާގައި އިއްޔެ މަލީހުވެސް ވިދާޅުވެފައިވާ ކަމަށާއި، އަދި އެ މައްސައްކަތްތައް ކުރައްވަނީވެސް ރައީސް އޮފީހުގެ ޕޮލިސީ ކޮމިޓީން ކަމަށްވެސް މަލީހު އަމިއްލަފުޅަށްވެސް ވިދާޅުވިކަމަށެވެ. 

މީކާއިލް ވިދަޅުވީ، މެންޑޭޓުގައި އެހާބޮޑު ފުށޫއެރުންތަކެއް އޮތްއިރު ބޭކާރު ގޮތުގައި މިނިސްޓްރީ އެއް އޮތުން އެއީ ރަނގަޅު އުސޫލެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން އުންމީދު ކުރަނީ، ރައީސުލްޖުމްހޫރިއްޔާ ވަރަށް ރަނގަޅަށް ވިސްނަވައި މި މިނިސްޓްރީ އުވާލެއްވުން ކަމަށެވެ. 

" މި މިނިސްޓްރީ އުފެދުނު ފަހުން އުފެދުނު މަގާމެއް ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސާގެ މަގާމަކީވެސް، އެމަނިކުފާނުގެ މެންޑޭޓުވެސް ސްޓްރެޓެޖިކް އެކްޝަން ޕްލޭނުން ބަލާއިރު ދާދި އެއް މެންޑޭޓެއް މި އޮންނަނީ، މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތަކާއި، ސީޓިއޯ ކުރަންޖެހޭ މަސައްކަތްތަކައިވެސް.. އެހެންވީމާ އަޅުގަނޑަށް ގަބޫލު ކުރެވެނީ ބިއުރޯ ކްރެޓިކް އަދި ރެޕެޓެޓިވް ކަންތައްތަކެއް ސްޓޭޓްގައި އޮވެގެން ކުރިއަށް ދިއުމަކީ ހަމަ އަޅުގަނޑުމެންގެ މަދު ރިސޯސަސް އިސްރާފުވެ އަދި ފައިސާގެ ގޮތުން ބެލި ނަމަވެސް ގެއްލުންތަކެއް ވާނޭ ކަމެއް ކަމަށް،" މީކާއިލް ވިދާޅުވިއެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމަށް ފާސްކޮށް އެމަނިކުފާނު މަގާމުން ދުރުކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައެވެ. އެގޮތުން މަލީހުގެ އިތުބާރު ނެތްކަމަށް ނެގުނު ވޯޓުގައި، ފެންނަކަމަށް 59 މެމްބަރުން ވޯޓު ދެއްވިއިރު، ނުފެންނަކަމަށް ވޯޓިދެއްވީ އެންމެ މެމްބަރެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް