ads
ފޮޓޯ: އެޑިޝަން
މަޖިލީހުގެ ރައީސް އަޅުގަނޑަށް ބިރުދެއްކި: މަލީހް
މިނިސްޓަރު ކަމުން ކޮމިއުނިކޭޝަން މިނިސްޓަރުކަމުން މުހައްމަދު މަލީހު ޖަމާލު ދުރުކުރުމަށް ހާޒިރުކުރެވުނު ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބިރުދައްކާފައިވާކަމަށް އޭނާ ތުހުމަތުކޮށްފިއެވެ.
Advertisement

މަލީހް މިހެން ވިދާޅުވީ، ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ސްކްރީން ޝޮޓެއް ހިއްސާކުރައްވާ މިއަދު ދެއްކެވި ވާހަކަތަކެއްގައެެވެ.

ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން "ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނުވަތަ މަޖިލީހުގެ ކޮމެޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާއި ހިލާފް ނުވާގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓުދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާއިމެދު ދައުވާއެއްކޮށް ހަދައިގެން ނުވާނެއެވެ."

އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ މަލީހު ހަގީގަތާ ހިލާފު ވާހަަކައެއް ދެއްކެވިތޯ ބަަލަން މަޖިލީހުގެ އިމްތިޔާޒާއި ބެހޭ ކޮމެޓީއަށް ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ. 

އެކެމަށް އިޝާރާތްކުރައްވާ މަލީހު މިއަދު ކުރެއްވި ޓްވީޓްގައި ވަނީ ގާނޫނު އަސާސީގެ 90 ވަނަ މާއްދާ ހިއްސާކުރައްވާ އެމަނިކުފާނު ދަނީ ރަނގަޅަށް ދިރާސާކޮށް ހޯމްވޯކް ހައްދަވައިގެން ކަމަށް ވިދާޅުވެފައެވެ. އަދި އިއްޔެ މަޖިލީހުގެ ރައީސް ވަނީ ގާނޫނު އަސާސީގެ (ހ)އާއި ހިލާފުވެ، އެމަނުކުފާނަށް ބިރުދައްކަވާފަކަމަށް މަލީހް ތުހުމަތު ކުރެއްވިއެވެ. 

"ރިކޯޑިން އެހެރީ. މަޖިލީހުގެ ރައީސް އަށް އަޅުއްވާނެ ފިޔަވަޅު އެސްޖީ، ސީޖީ ނިންމަވާ. މަޖިލިސް ހަރާބުވެއްޖެ" މަލީހުގެ ޓްވީޓްގައި ވެއެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމަށް ފާސްކޮށް އެމަނިކުފާނު މަގާމުން ދުރުކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައެވެ. އެގޮތުން މަލީހުގެ އިތުބާރު ނެތްކަމަށް ނެގުނު ވޯޓުގައި، ފެންނަކަމަށް 59 މެމްބަރުން ވޯޓު ދެއްވިއިރު، ނުފެންނަކަމަށް ވޯޓިދެއްވީ އެންމެ މެމްބަރެކެވެ. ހަތަރު މެންބަރަކު ހާޒިރެއް ނުވެއެވެ. 

އިއްޔެގެ ޖަލްސާގައި ވަނީ މަލީހަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ދީފަ އެވެ. އެ ފުރުސަތުގައި މަލީހު ވިދާޅުވެފައިވަނީ، "ހަކުރާގޭ ފެންޑާގައި އެކޮޅު ކޮޅުން އެލުވިކަމުގައިވިޔަސް ގާނޫނު އަސާސީގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން" ހިފާނެ ކަމަށެވެ. އަދި މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ "ޒާތީ" ކަމެއްގެ ގޮތުގައި ކަމަށާއި މަޖިލީހުން ވަޒީރުންނަށާއި ސަރުކާރަށް ބިރުދައްކަމުންދާކަަމަށެވެ. 

މަޖިލީހުން ވަޒީރުންނަށާއި ސަރުކާރަށް ބިރުދައްކާކަމުގެ ތުހުމަތުތައް މަލީހް ކުރެއްވުމާއި ގުޅިގެން މެންބަރުންވަނީ ނިޒާމީ ނުކުތާ ނަންގަވާ އެކަމެއް ސާފުކޮށްދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގަންފައެވެ. 

އަދި މަލީހު ޒިންމާއަދާނުކުރައްވާ ކަމަށާއި ގަވާއިދުތަށް ހަދަން ދިން މުއްދަތުގައި ގަވާއިދުތަށް ވެސް ނުހަައްދަވައި އެ މަސައްކަތް ކުރައްވަން އުޅުއްވި މިނިސްޓްރީގެ މުވައްޒަފުންނަށްވެސް ބިރުދައްކަވާފައިވާކަމަށް ބައެއް މެންބަރުން ތުހުމަތުކުރެއްވިއެވެ. 

މަލީހުގެ މައްޗަށް މަޖިލީހުން ކުރެއްވި ތުހުމުތުތަށް ދޮގުކޮށް ގަވާއިދުތަށް ހަދާފައިވާނެ ކަމަށް ވިދާޅުވާތީ މެންބަރުން ވަނީ މަލީހު އިތުރުފުޅު ހައްދަވާކަމަށާއި އެ ގަވާއިދުތަށް ހެދި ތާރީހެއް އެގެން ބޭނުންވާކަމަށް ވިދާޅުވެފައެވެ. 

އެކަމާއި ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދުވަނީ މަލީހު އިތުރުފުޅު ހައްދަވާފައިވާނަަމަ އެ މައްސަލަ އިމްތިޔާޒް ކޮމެޓީއަށް ފޮނުވާނެކަމަށާއި އެގޮތަށް ވާހަކަދައްކާފައިވާނަމަ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެެރަލްގެ އޮފީހަށް ފޮނުވާނެ ކަަމަށްވެސް ވިދާޅުވެފައެވެ.

ޖުމްލަ 14 މެމްބަރުންގެ ސޮއާއިއެކު އެ މައްސަލަ މަޖިލީހަށް ވެއްދީ، ސުޕަ މެޖޯރިޓީ ލިބިފައިވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް އެވެ.  

38%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް