ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް އަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އިންޒާރު ދެއްވި ކަމަށްބުނާ މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަ އެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

Advertisement
ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް އަށް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ބުނެފައިވަނީ، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ޤާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ ގަވާއިދުތަކަށާއި، އުސޫލުތަކަށް އަމަލުނުކުރުމަށް ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލަށް އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ އަންގަވާފައިވާކަމަށެވެ.
އަދި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތްޕުޅަށް އުއްތަމަ ފަނޑިޔާރު ހުރަސްއަޅުއްވައި، ޑީޖޭއޭ އާއި އެއްވެސް މުއާމަލާތެއް ނުކުރުމަށާއި ޑީޖޭއޭ އާއި ގުޅިގެން ސުޕްރީމްކޯޓުގެ ސެކްރަޓަރީ ޖެނެރަލް ބަގާވާތެއް ކުރައްވަން އުޅުއްވާކަމަށް އުއްތަމަ ފަނޑިޔާރު ތުހުމަތު ކުރައްވާކަމަށް ޖޭއެސްސީ މައުލޫމާތު ދީފައިވާވެއެވެ. އަދި އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓުގެ ސެކްރަޓަރީ ޖެނެރަލަށް ވަޒީފާގެ ބިރު ދައްކާފައިވާކަމަށާއި، އެމައްސަލަ ސުލޫކީ މައްސަލަ އެއްގެ ގޮތުގައި ބެލުމަށް ޖޭއެސްސީން ނިންމާފައިވާކަމަށް އެކޮމިޝަނުން މައުލޫމާތުދީފައިވެ އެވެ.
އުއްތަމަ ފަނޑިޔާރު ގެ ސުލޫކީ އިތުރު މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމާފައިވާއިރު، ކޯޓުތަކުގެ އިދާރީ ހިންގުން "ޕެރެލައިޒް" ކުރުމަށް ބަޔަކު މަސައްކަތް ކުރަމުން ދާކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ތުހުމަތު ކުރައްވާފައެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރު 3 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރު ކަމުގައި ހުރި އަބްދުﷲ ދީދީގެ މައްޗަށް ސުލޫކީ މައްސަލަ އެއް ސާބިތުވެ އޭނާ ވަނީ މަޤާމުން ވަކިކޮށްފަ އެވެ.