އެގައުމުގައި ތިބި ސީރިއާގެ 94 ރެފިއުޖީންނަށް އެހެން އަންގާފައިވަނީ މިހާރު ސީރިއާއަކީ ރައްކާތެރިތަނެއްކަމަށް ޑެންމާކުން ދެކޭތީއެވެ.
މިގޮތުން އެ ގައުމުގައި ތިބި ސީރިއާ ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވާލުމަށް މަޖުބޫރު ނުކުރާނެކަަމަށް އެ ގައުމުން ބުނެއެވެ.
ނަމަވެސް، އެ ގައުމުން އަންނަނީ ރެފިއުޖީން ޑީޕޯޓުކުރާ ކޭމްޕުތަކަށް ފޮނުވަމުންނެވެ.
މިހެންކަމުން ރެފިއުޖީން އަނބުރާ ފޮނުވާލަން އެ ގައުމުން ކުރާ ކަންކަމަކީ އެމީހުންގެ މައްޗަށް މަޖުބޫރުކޮށްގެން ކުރާ ކަމެއްކަމަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަަސައްކަތްކުރާ ޖަމާއަތްތަކުން އަންނަނީ ބުނަމުންނެވެ.