ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކްރިސްޓިއާނޯ ރޮނާލްޑޯ
ރޮނާލްޑޯގެ ލަނޑާއެކު ޔުވެންޓަސްއަށް ފަސޭހަ މޮޅެއް
އިޓަލީ ލީގުގައި އަންގާރަ ދުވަހުގެ ރޭ ޔުވެންޓަސް އާއި ސްޕެޒިއާ ވާދަކުރި މެޗު ފަސޭހަކަމާ އެކު ޔުވެންޓަސް ކާމިޔާބުކޮށްފިއެވެ. މި މެޗުން ޔުވެންޓަސް މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ.
Advertisement

ޔުވެންޓަސްއިން މި މެޗު ކާމިޔާބުކުރި އިރު ރޮނާލްޑޯ ވަނީ މި ސީޒަންގައި އޭނާގެ ވިހިވަނަ ލަނޑު ރޭ ޖަހާފައެވެ. އެއީ ރޭގެ މެޗުގައި ޔުވެންޓަސްއިން ޖެހި ފަހު ލަނޑެވެ. އަނެއް ދެ ލަނޑު ޖެހީ އަލްވާރޯ މޮރާޓާ އަދި ފެޑެރީކޯ ޗިއޭސާއެވެ. މެޗު ނިމެން ގާތްވެފައި ވަނިކޮށް ރޮނާލްޑޯ ޖެހި މި ލަނޑާ އެކު އޭނާ ވެފައިވަނީ ފާއިތުވި ބާރަ ސީޒަންގައި ވެސް ކޮންމެ ސީޒަނެއްގައި މަދުވެގެން ވިހި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެއީ ޔޫރަޕުގެ ރެކޯޑެވެ.

ޔުވެންޓަސްއިން އަންގާރަ ދުވަހުގެ ރޭ ހޯދި ތިން ޕޮއިންޓާ އެކު ޔުވެންޓަސްއަށް ވަނީ ސާޅީސް ނުވަ ޕޮއިންޓް ލިބިފައެވެ. އެއީ ސައުވީސް މެޗުންނެވެ. ޔުވެންޓަސް އޮތީ ޓޭބަލްގެ ތިންވަނައިގައެވެ.

އަލްވާރޯ މޮރާޓާ ޖެހި ގޯލުންނެވެ. އޭގެ ނުވަ މިނިޓް ފަހުން ފެޑެރީކޯ ޗިއޭސާ ވަނީ ޔުވެންޓަސްގެ ލީޑު ފުޅާކޮށްދީފަ އެވެ. މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ރޮނާލްޑޯ ޔުވެންޓަސް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ ރޮޑްރީގޯ ބެންޓަންކޫރް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް