މި ހަމަލާގައި އެ ސެންޓަރުގެ ބިއްލޫރިތައް ވަނީ ތެޅިފައެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
މިހަމަލާ ދޭން ބޭނުންކުރި ބޮމުގެ ބައިތަކެއް އެ ސެންޓަރުގެ ދޮރުމަތިން ވަނީ ފެނިފައެވެ. އަދި އެ ހަމަލާ ދިނީ ބޮމެއް އެ ސެންޓަރުގައި ހަރުކޮށްގެން ކަމަށް ބެލެވޭކަަމަށް ވެސް ހޮލެންޑު ފުލުހުން ބުނެއެވެ.
އެތަނުގައި ހަރުކޮށްފައިވަނީ ހަތަރުވަރަކަށް އިންޗި ހުރި އައިއީޑީ ބޮމެއްކެވެ.
މީގެ ކުރިން ވެސް ހޮލެންޑުގައި ކުރި މުޒާހަރާއެއްގައި ވެސް ކޮރޯނާ ވައިރަސް އަށް ޓެސްޓުކުރާ ސެންޓަރެއްގައި ހުޅުޖެހިއެވެ.