މިއީ ފަހުގެ ތާރީހެއްގައި ޕޯޕެއް އިރާގަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ނަމަވެސް، އިރާގުގައި ވަރަށް ޒަމާންވީ ނަސާރާ ދީނުގެ ޖަމާއަތެއް އޮވައެވެ.
ޕޯޕް އެގައުމަށް ވަޑައިގެން ވަނީ ދީނާއި ގުޅިގެން ހިންގާ ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަސްލާމީ ދުނިޔެއާއި ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމަށް ކުރިއަށްވުރެ ބޮޑަށް މަސައްކަތް ކުރައްވާނެކަމަށް ވެސް ޕޯޕް ވިދާޅުވިއެވެ.
އޭނާ އިރާގަށް މި ކުރައްވާ ދަތުރުފުޅުގެ މަގުސަދަކީ އެގައުމުގައި ހުރި ޒަމާންވީ ނަސާރާއިންގެ ފައްޅިއެއް އަލުން ހުޅުވައި އެތަނުގެ މަސައްކަތްތައް ފެށުމެވެ. އޭނާ ވަނީ އިރާގުގެ ރައީސް ބަރްހަމް ސަހިލްއާއި އަދި މުސްތަފާ އަލް ކާދިމިއާއި ވެސް ބައްދަލުކުރައްވާފައެވެ.