ވިހި އަހަރަށްވުރެ ގިނަދުވަސް ވަންދެން ބޮލީވުޑުގައި މައްސައްކަތް ކުރި ސުނިލް ހުށަހެޅީ ބަލާޖީ މީޑިއާ ފިލްމްސް ކިޔާ ޕްރޮޑަކްޝަން ކޮމްޕެނީން އޭނާގެ ހުއްދައެއް ނެތި އޭނާގެ ފޮޓޯ ފިލްމް ޕޯސްޓަރެއްގަ ބޭނުންކުރި މައްސަލަ އެވެ.
ސުނިލް ބުނީ އެ ޕްރޮޑަކްޝަން ހައުސް އިން އޭނާގެ ފޮޓޯ ބޭނުންކޮށްގެން ފޭކް ޕޯސްޓަރުތަކެއް ހަދައި ދައުރު ކުރަނީ އޭނާގެ ނަން ބޭނުންކޮށްގެން ފިލްމަށް ބޭނުންވާ ބަޖެޓު ހޯދުމަށެވެ.
ބަލާޖީ މީޑިއާ ފިލްމްސް އިން ދައުރު ކުރިވި ޕޯސްޓަރުތަކުގައި ސުނިލްގެ އިތުރުން ބޮބީ ޑިއޯލްގެ ފޮޓޯތައްވެސް ބޭނުންކޮށްފައި ހުރިކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
ޕްރޮޑަކްޝަން ކޮމްޕެނީން ބުނީ އެމީހުންނަށް ކުށެއް ކުރެވުނު ކަމަށް ގަބޫލުކުރާ ކަމަށެވެ. އެ ކޮމްޕެނީން ބުނީ އެމީހުން ދެ ފިލްމެއް އުފައްދަން މަސައްކަތް ކުރި ކަމަށާ ދެޕިލްމުގެ ލީޑްރޯލަށް ބޮބީ ޑިއޯލް އަދި ސުނިލް ޝެޓީ ހަމަޖައްސަން އުޅުނު ކަމަށެވެ.
އެ ޕްރޮޑަކްޝަން ކޮމްޕެނީން ބުނީ ފޮޓޯތައް ޕޯސްޓަރުގައި ބޭނުންކުރީ އެތަރިންގެ ޕޯސްޓަރު ހުންނާނީ ކިހިނެތްތޯ ބެލުމަށް ކަމަށެވެ. ނަމަވެސަ ކޮންމެވެސް ބަޔަކު އެ ޕޯސްޓަރުތައް ސޯޝަލް މީޑިއާގައި ވައިރަލް ކޮށްފައި ވާކަމަށެވެ. މިހާރު އެ ޕޯސްޓަރުތައް ވަނީ ޑިލީޓްކުރެވިފަ ކަމަށް އެ ކޮމްޕެނީގެ މެނޭޖަރު ރަންވީރު ސިން ބޮލީވުޑުގެ ހަބަރުތައް ގެނެސް ދޭ ނޫސްތަކަށް ވަނީ ބުނެފަ އެވެ.