ads
މިނިސްޓަރު މަލީހް---
ޑރ. އިޔާޒް ސަސްޕެންޑްއެއް ނުކުރެވޭނެ: މަލީހު
ދިވެހިން ހޯދި ޑިމޮކްރަސީގެ ދަންމަރު ނިންވާލަން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ސަސްޕެންޑް ނުކުރެވޭނެކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލް މިހެން ވިދާޅުވީ، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ލެކްޗަރާގެ މަގާމުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ސަސްޕެންޑު ކުރުމާއި ގުޅިގެން، އޭނާއަށް ހިއްވަރު ދެއްވައި ކުރެއްވި ޓްވީޓެއްގަ އެވެ. 

މަލީހު ވިދާޅުވީ، ދިވެހިން ހޯދި ޑިމޮކްރަސީގެ ދަންމަރު ނިއްވާލަން ބަޔަކު ހޭބޯނާރާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހެން ވިދާޅުވަމުން މަލީހު ވަނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަމުންގޮސް ބަހެއް ބުނާ މީހާ ވަޒީފާއިން ވަކިކޮށް ސަސްޕެންޑް ކުރަމުން އަންނަނީ ކޮން ގާނޫނެއްގެ ދަށުންތޯ ސުވާލު އުފައްދާފައެވެ. 

މަލީހު މިހެން ވިދާޅުވީއިރު، ކޮމިއުނިކޭޝަން މިނިސްޓަރުކަމުގެ މަގާމުން މަލީހު ވަކިކުރުމަށް މަޖިލީހުން ފާސްކުރީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފުމުން އެކަން އެމްޑީޕީގެ މެމްބަރުންނަށް ހަޖަމް ނުވެގެން ކަމަށްވެސް މީގެކުރިން މަލީހު ވަނީ ސިފަކުރައްވާފަ އެވެ. 

އެގޮތުން ޑރ. އިޔާޒް ސަސްޕެންޑް ނުކުރެވޭނެކަމަށް ވިދާޅުވުމަށްފަހު މަލީހު ވަނީ، "މާއްދާ27" މި އިބާރާތް ބޭނުން ކުރައްވާފައެވެ. 

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ލެކްޗަރާގެ މަގާމުން ޑރ. އިޔާޒް ސަސްޕެންޑު ކުރުމާއި ގުޅިގެން، ޑރ. އިޔާޒް ވަނީ "ހަކުރާގޭގައި އެކޮޅުކޮޅުން އެލުވާ ހަވަރަށް ދިނަސް ހައްގުބަސް ބުނާނެކަމަށް" ވިދާޅުވެފައެވެ. މިއީ މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުގައި ވޯޓު ނެގުނު ދުވަހު، މަލީހުއަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި އެމަނިކުފާނުވެސް ބޭނުންކުރެއްވި އިބާރާތެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް