އެމްޑީޕީން ބައިވެރިނުވެ, ކޮޕީރައިޓް ގާނޫނު އިސްލާހުކޮށްފި
ގުފްތަގް އަޖީރު
02 ޑިސެމްބަރ 2024 - 16:19:03
ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި ކޮޕީރައިޓް ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި އެވެ. މި އިސްލާހު ފާސްކުރީ އެމްޑީޕީގެ މެންބަރުން ބައިވެރިނުވި ވޯޓަކުންނެވެ.
ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހުށަހެޅުއްވި މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
މި އިސްލާހާ އެކު މުސައްނިފުންގެ އުފެއްދުންތަކަށް ލިބޭ ހިމާޔަތުގެ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުވެގެންދާނެ އެވެ. އަދި ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން އުފައްދާ އުފެއްދުންތަކުގެ ހައްގުތައް އެންމެފަހުން ދުނިޔޭގައި ހުރި މުސައްނިފު ނިޔާވުމަށްފަހު 70 އަހަރު ވަންދެން ހިމާޔަތް ލިބިގެންދާނެ އެވެ.
މި އިސްލާހުގެ ސަބަބުން ކޮޕީރައިޓާ ގުޅޭ ހައްގުތައް ކަށަވަރުކުރުމުގައި ދިމާވާ ގިނަ ދަތިތަކެއް ހައްލުވެގެންދާނެ ކަމަށް މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވި އެވެ.
- ކޮޕީރައިޓް ގާނޫނަށް ގެނައި އިސްލާހު 57 މެންބަރުންގެ އިއްތިފާގުން ފާސްވި
- އެމްޑީޕީގެ މެންބަރުން ވޯޓުގައި ބައިވެރިނުވި
- ކޮޕީރައިޓް ހިމާޔަތުގެ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުވި
- އިސްލާހު ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ
- ގާނޫނަށް ގެނައި އިސްލާހުން ކޮޕީރައިޓާ ގުޅޭ ދަތިތައް ހައްލުވެގެންދާނެ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް