ads
ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި ކުރިއަށްދިޔަ އިހުތިޖާޖުގެ ތެރެއިން..
ޑްރައިވިން ސްކޫލްތަކުން ޓްރާންސްޕޯޓު މިނިސްޓްރީ ތެރޭގައި އިހުތިޖާޖު ކޮށްފި
ޑްރައިވިން ސްކޫލްތަކުން، ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި އިހުތިޖާޖު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިހުތިޖާޖުގެ ބައިވެރިން އެންމެ ބޮޑަށް ކުރަމުންދިޔަ ޑިމާންޑަކީ، ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޑްރައިވިން ސްކޫލްތަކުގެ ހިންގުން ވަގުތީގޮތުން ހުއްޓުމަކަށް ގެނެސްފައި އޮތުމުން އެކަމުގެ ކަންބޮޑުވުން ތަކެވެ. 

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ޖަޒްލާން ވިދާޅުވީ، އިހުތިޖާޖުގެ ބައިވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް މިހާރު އެފަރާތްތަކާއި އެކު ކުއްލި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. 

ޖަޒްލާން ވިދާޅުވީ، އިހުތިޖާޖުގެ ބައިވެރިންގެ އެންމެ ބޮޑު ޑިމާންޑަކީ ޑްރައިވިން ސްކޫލްތަކުގެ ހިންގުން ވަގުތީގޮތުން ހުއްޓުމަކަށް ގެނެވިފައި އޮތުމުން އެކަމަށް ހައްލެއް ގެނައުން ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ގެނެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަލުން ޑްރައިވިން ސްކޫލްތައް ހިންގަން އަލުން ފެށޭނެގެ ގޮތެއް ހެދުމަށް މަޝްވަރާކުރި ކަމަށްވެސް ޖަޒްލާން ވިދާޅުވިއެވެ. 

ޖަޒްލާން ވިދާޅުވީ، ޑްރައިވިން ސްކޫލްތައް ހުއްޓުމަކަށް ގެންނަން މިނިސްޓްރީން ނިންމާފައިވަނީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކަމަށާއި، ނަމަވެސް ގައިޑްލައިނެއްގެ ތެރެއިން ޑްރައިވިން ސްކޫލްތައް ހިންގުމަށް އަލުން ހުއްދަ ދިނުމަށް މިނިސްޓްރީން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް