ads
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް--
މާމިނގިލީ ޕޯޓުން ލިބެނީ ގެއްލުން: ފައްޔާޒު
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާމިނގިލީގައި ހިންގާ ވިޔަފާރި ބަނދަރަށް ލިބެނީ ގެއްލުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އދ. އަތޮޅުގެ އެމްޑީޕީ ކެންޑިޑޭޓުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮޮމިކް މިިނިސްޓަރު ފައްޔާޒް ވިދާޅުވީ މާމިނގިލީގައި ހިންގާ ވިޔަފާރި ބަނދަރަކީ އަމިއްލަ ފަރާތަކުން އަމިއްލަ ބޭނުމުގައި ހިންގަމުންގެންދިޔަ ތަނެއް ކަމަށެވެ.

ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ވިޔަފާރި ބަނދަރު އެމްޕީއެލްގެ ދަށަށް ބަދަލުކުރެވިފައި ވަނީ ސިޔާސީ ސަބަބުތަކެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

އަދި ރައިސް ސޯލިހްގެ ސަރުކާރާއި ހަވާލުވެ އެތަން ކާމިޔާބުކަމާއެކު ހިންގޭނެ ގޮތަކާއިމެދު މަޝްވަރާތައްކުރި ކަމަށާއި ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އެއީ ކާމިޔާބު މަސައްކަތެއްކަމަށް ނުފެންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ އަހަރެއްގެ ތެރޭގައި އެތަނުން ގެއްލުމުގެ ގޮތުގައި އަށް މިލިއަން ހަރަދުވާ ކަމަށާއި އެހެންކަމުން އެކަމަށް އަވަސް މުސްތަގުބަލެއްގައި ހައްލެއް ގެންނަންޖެހޭ ކަމަށެވެ. އަދި އެތަން ރަނގަޅަށް ހިންގޭނެ ގޮތެއްވެސް ބަލަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ފައްޔާޒު ފާހަގަކުރެއްވި އެވެ.

ޖުމުލަ 1،300 މީޓަރު ދިގު މިނުގެ، މާމިނގިލި ވިޔަފާރި ބަނދަރަކީ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ހިންގި ތަނެކެވެ. ނަމަވެެސް 2017 ވަނަ އަހަރު އެމްޕީއެލްއަށް އެތަން ރައީސް ޔާމީން ވަނީ ބަދަލުކުރައްވާފަ އެވެ.

.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް