ads
ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު--
މަލީހު ރައީސްއާއެކު މަޝްރަވާ ކުރެއްވި!
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން މަލީހުއާއި މަޝްވަރާ ކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވި މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަލީހު މަގާމުން ވަކި ކުރުމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މަޖިލީހަށް ޖަވާބުދާރީ ވުމަށް ދާން މަލީހު ނިންމީ އަމިއްލައަށް ކަމަށާއި، މަލީހުގެ އެ ނިންމުމަކީ ރައީސް އާއި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަލީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް މައްސަލަ ހުށަހެޅުމުން، މަލީހުއާއި މަޝްވަރާ ކުރައްވާ، އެކަމުގައި މަލީހު ދެކޭގޮތް އެއްސެވި ކަމަށެވެ. އަދި މަލީހު ވަނީ މަޖިލީހަށް ހާޒިރުވެ، އަމިއްލަ ދިފާއުގައި ވާހަކަ ދައްކަވަން ބޭނުންވާ ކަމަށް ވިދާޅުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މަލީހު ވަނީ އޭނާ ވަޒީރުކަމުން ވަކި ކުރާވަރުގެ ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް