ads
ކުރީގެ ރައީސް - މައުމޫނު އަބްދުލް ގައްޔޫމް
ޒަހާއަށް އެމްއާރުއެމްގެ ފުރިހަމަ އިތުބާރު އެބައޮތް: ރައީސް މައުމޫނު
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް މޯލްޑިވްސް ރީފޯމް މޫވްމަންޓު (އެމްއާރުއެމް) އިން ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް އެމްއާރުއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނު މިހެން ވިދާޅުވެ ޓުވީޓެއް ކުރައްވާފައިވަނީ މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ވެއްދުމާއި ގުޅިގެންނެވެ.

އެގޮތުން މިނިސްޓަރު ޒަހާ ހުންނެވީ މަސްވެރިކަމުގެ ދާއިރާ އާއީ މަސްވެރިންގެ އިތުރުން ގައުމަށް ފަހުރުވެރިކަމާއެކު ހިދުމަތް ކުރުމުގައި ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

މިނިސްޓަރު ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ މަޖިލީހުގައި ހިމެނޭ އިދިކޮޅު ކޯލިޝަންގެ އަށް މެމްބަރުންނާއި، މިނިވަން ދެ މެމްބަރެއްގެ ސޮޔާއެކު އެވެ.

އެގޮތުން މި މައްސަލަ މަޖިލީހަށް ވެއްދީ، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވިވާތީ ކަމަށް އިދިކޮޅުން ބުނެއެވެ. 

މީގެ އިތުރުން ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ވެފައިވާ އެއްވެސް ވައުދެއް ފުއްދާފައި ނުވުމާއި، ރާއްޖޭގެ ކަނޑުތަކުގައި ދިވެހި މަސްވެރިންނަށް މަސްވެރިކަން ކުރުމުގެ ފުރުސަތުވެސް ބޭރުގެ ބޯޓު ފަހަރުތަކާއި ހެދި ހަނިވެފައިވާކަމަށް ވާތީ ކަމަށް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް