ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އީސީ
ހަބީބުގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހުށަހެޅިފައެއް ނެތް: އީސީ
އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބް ރައީސް އިސްމާއިލް ހަބީބުއާ ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް މިހާތަނަށް ހުށަހެޅިފައި ނުވާ ކަމަށް އީސީން ބުނެފި އެވެ.
Advertisement

ހަބީބުގެ މައްޗަށް ތުހުމަތުކޮށް ކޮމިޝަނުގެ ދެ މުވައްޒަފަކު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެ މީޑިއާއަކުން ލިޔުނު ހަބަރަކާ ގުޅިގެން ކޮމިޝަނުން ބޭއްވި ކުއްލި ބައްދަލުވުމަށް ފަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ނައިބު ރައީސްއާ ގުޅިގެން މިހާތަނަށް އެ ކޮމިޝަނުގެ ކަމާބެހޭ އެއްވެސް ކޮމިޓީއަކަށް އެއްވެސް މައްސަލައެއް ހުށަހެޅިފައިނެތް ކަމަށެވެ. 

އެފަދަ މައްސަލައެއް އޮތްނަމަ އެ މައްސަލައެއް ކަމާބެހޭ ކޮމިޓީތަކަށް ހުށަހެޅުމަށް
މުވައްޒަފުންނަށް އެންގުމަށް ނިންމާފައިވާކަން ފާހަގަކޮށް ބަޔާނުގައި ބުނީ ކޮމިޝަނުގެ ނައިބު ރައީސް ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުންކުރިކަމަށް ބުނާ މައްސަލައެއް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. 

އެކަމާއި ގުޅިގެން އެ މައްސަލައިގެ ހަގީގަތް ބެލުމަށް ކޮމިޝަނުން ކުރި މަސައްކަތުން، ކޮމިޝަނުގެ ނައިބު ރައީސް އެ ކޮމިޝަނުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލެއް ހިންގާފައިނުވާކަން ކަށަވަރުކުރެވޭ ކަަމަށް ވެސް އީސީން ބުނެ އެވެ. 

ހަބީބްއާ ދެކޮޅަށް އިއްޔެ އޭސީސީއަށް ހުށަހަޅާފައި ވަނީ އޭނާއާއި ގުޅުން އޮންނަ ހައްޖު ގްރޫޕެއްގެ ޑޮކިއުމަންޓުތަކެއް އިލެކްޝަން އޮފީހުގެ ޕްރިންޓަރު ބޭނުންކޮށްގެން ޕްރިންޓް ކުރިކަމުގެ ތުހުމަތާއި ގުޅޭ މައްސަލައެކެވެ. 

އީސީގެ މެމްބަރު ނައިބް ކަމަށް ހަބީބް އައްޔަންކުރައްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް