މިއަދު އިދިކޮޅު ކޯލިޝަންގެ އެއްވުމެއް ކުރިއަށް ގެންދަން ނިންމާފައިވާތީ އެ ފުރުސަތު ނުދިނުމަށް، ބޮޑުތަކުރުފާނު މަގުގައި ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދު ޕޮލިހުން ވަނީ ބަންދުކޮށްފަ އެވެ.
މީގެ އިތުރުން ފުލުހުން ވަނީ ޕީޕީއެމް އޮފީހަށް ދެވޭ ހުރިހާ މަގުތަކެއް އާންމުންނަށްވެސް ނުވަދެވޭނެހެން ބަންދުކޮށްފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ ރާއްޖޭގައި މިވަގުތު ކޮވިޑްގެ ހާލަތަކީ ގޯސް ދުވަސްވަރެއް ކަމުން މާލެ ސަރަހައްދުގައި މަގުމައްޗާއި އާންމު ތަންތަނަށް އެއްފަހަރާ ފަސްމީހުންނަށްވުރެ ގިނަ މީހުން އެއްވުން މަނާކޮށްފައެވެ.