2013 ވަނަ އަހަރު 5 މެންބަރުން ގެ މި ކުރޫގައި 15 މެންބަރުން ގެ އަމާޒެއްކަމަށް ދެކެނީ ރެޕް މިއުޒިކަކީ ދިވެހީންގެ ތެރޭގައި ބަލައިގަނެވޭ، ލޯބި ލިބޭ އަދި ހޭލުންތެރި މިއުޒިކަކަށް ހެދުމެވެ.
ސިންބޮލިކް ރެކޯޑްސްގައި ރެޕްގެ އިތުރުން ތަފާތު އެކި ސްޓައިލް ތަކުގެ މިއުޒިކާއި ލަވަތައް މިހާރު އަންނަނީ ވުޖޫދަށް ގެންނަމުންނެވެ. މިހާތަނަށް 8 އަލްބަމެއް ބެލުންތެރިންނަށް ދޫކޮށްފައިވާ އިރު 200 އަށް ވުރެ ގިނަ އޯޑިއޯ ލަވަ އަދި 30 އަށް ވުރެއް ގިނަ ވީޑިއޯ ލަވައިގެ މަސައްކަތް މި ކުރޫއިން ވަނީ ކޮށްފައެވެ.
ސިންބޮލިކް ރެކޯޑްސް އިން 2013 ވަނަ އަހަރު އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ނެރުން މަގުމަތި އަލްބަމަށް ފަހު ދިވެހިން ގެ މެދުގައި ވަނީ މައްސޫރުކަން ހޯދާފައެވެ. މިއަހަރު ނިމުމުގެ ކުރިން ސިންބޮލިކް ރެކޯޑްސްގެ 4 އަލްބަމަކާއި ބައެއް ސިންގަލް ލަވަތަކެއް ނެރުމުގެ މަސައްކަތްކުރަމުން އަންނަކަމުގެ ވަރަށް ވެސް އުފާވެރި ހަބަރުވެސް މިއަދު ވަނީ ފޭނުންނަށް ހިއްސާ ކޮށްފައެވެ.
އެއްވެސް ވަސީލަތެއް ނެތި އަދި ދިވެހި މިއުޒިކީ ސިނާއަތަށް މަގުމަތި ފަދަ ފުރަތަމަ ރެޕް އަލްބަމް ނެރުން ވެގެން ދިޔައީ ސިންބޮލިކް ރެކޯޑްސް އަށް ވަރަށް ވެސް ބޮޑު ގޮންޖެހުމަކަށެވެ. ތަފާތު އެކި ފަރާތްތަކުން ކިޔަމުން އައި ފާޑުކިޔުން ވެގެން ފިޔައީ ސިންބޮލިކް ރެކޯޑްސް އަށް ލިބުން ކުރިއެރުމަކަށެވެ. "ކޯރެއްގެ ކޯވަރެއް" މި އަލްބަމް އެއީ މިހާތަނަށް ސިންބޮލިކް ރެކޯޑްސްއިން ނެރުން އެންމެ ބޮޑު އެނިމޭސަން ޕްރޮޖެކްޓް ކަމަށާއި މިހާތަނަށް ސައުންޑް ކްލައުޑްގައި 17 މިލިއަން، ޔޫޓިއުބްގައި 8.4 މިލިއަން، އިންޓާގްރާމްގައި 7 ހާހަށް ވުރެއް ގިނަ، ފޭސްބުކްގައި 31 ހާހަށް ވުރެއްގިނަ އަދި ޓިކްޓޮކްގައި 6 ހާސް ފޮލޮވާސް ތިބި އިރު ސިންބޮލިކް ރެކޯޑްސް ވެގެން ގޮސްފައިވަނީ ސައުންޑް ކްލައުޑްގައި އެންމެ ފުރަތަމަ ވެރިފައިވެފައިވާ ދިވެހި މިއުޒިކް ކުރޫއެވެ.
ރާއްޖޭގައި މިއުޒިކީ އިންޑްރަސްޓްރީއެއް ނެން ނަމަވެސް ސިންބޮލިކް ރެކޯޑްސް ގެ އަޑު މެދުކެނޑުމެއްނެތި އިވެމުން ދަނީ ސިންބޮލިކް ރެކޯޑްސްގެ ފޭންސް އިން ކަމަށްވާ ރަތާއި ކަޅުގެ ލަސްކަރުގެ ސަބަބުން ކަމަށާއި ލަސްކަރުގެ އެއްބާރުލުން އެއީ ސިންބޮލިކް ރެކޯޑްސްގެ ހިތްވަތު ކަމަށްވެސް ސިންބޮލިކް ރެކޯޑްސް އިން ބުނެފައިވެއެވެ.