ads
އައިޝްވާރިޔާ އާއި އަބިޝޭކް--
އައިޝްވާރިޔާއަށް އަބީޝޭކް ޕްރޮޕޯސް ކުރީ ފޭކް އަނގޮއްޓިއެއް ދިނުމަށް ފަހު!
މީގެ 25 އަހަރު ކުރިން މިސް ވޯލްޑްގެ ތާޖު އުފުލާލި، މަޝްހޫރު ތަރި އައިޝްވާރިޔާ ރާއީއަށް އޭނާގެ ފިރިމީހާ އަދި އެކްޓަރު އަބިޝޭކް ބައްޗަން، ލޯބި ހުށަހަޅާފައިވަނީ ފޭކް އަނގޮއްޓިއެއް ދީގެންކަން ހާމަވެއްޖެ އެވެ.
މީގެ 25 އަހަރު ކުރިން މިސް ވޯލްޑްގެ ތާޖު އުފުލާލި، މަޝްހޫރު ތަރި އައިޝްވާރިޔާ ރާއީއަށް އޭނާގެ ފިރިމީހާ އަދި އެކްޓަރު އަބީޝޭކް ބައްޗަން، ލޯބި ހުށަހަޅާފައިވަނީ ފޭކް އަނގޮއްޓިއެއް ދީގެންކަން ހާމަވެއްޖެ އެވެ.

މަނީ ރަތުނަމް ޑައިރެކްޓްކޮށް 2007 ވަނަ އަހަރު ނެރުނު ފިލްމު، "ގުރޫ" ގެ ޝޫޓިންތައް ނިއުޔޯކުގައި ކުރިއަށް ދަނިކޮށް އެތަނުގައި އައިޝްވާރިޔާ ގާތުގައި އިންނަން އަބީޝޭކް އެހިއިރު އޭނާ ކައިވެންޏަށް އެހީ ފިލްމުގެ ޝޫޓިންގައި ބޭނުންކުރި ފޭކް ރިންގެއް ހިފައިގެން އައިސް ކަމަށް އައިޝްވާރިޔާ މިވަނީ ބުނެފަ އެވެ.

ދެހާސް ވަނަ އަހަރު އައިޝްވާރިޔާ އާއި އަބިޝޭކް އެކުގައި ވަނީ "ދާއީ އަކްޝަރު ޕްރޭމް ކެ" އިން ފެނިގެންގޮސްފަ އެވެ. އޭގެ ފަހުން ކުޗް ނާ ކަހޯ އާއި ރާވަން އިން ވެސް އެ ދެމީހުން ފެނިގެންދިޔަ އެވެ. އެންމެ ފަހުން ދެމީހުން އެކުގައި ފެނިގެންގޮސްފައި ވަނީ، ސަރްކާރު ރާޖް އިންނެވެ.

ފޭކް އަނގޮއްޓިއަކުން އަކާއެކު ލޯބި ހުށަހެޅި ނަމަވެސް ކައިވެންޏަށް އެހުމުން އައިޝްވާރިޔާ ވަނީ އެވަގުތު ވެސް އާންއެކޭ ބުނެފަ އެވެ.

ގުރޫ ފިލްމު ނެރުނު އަހަރު އެދެމީހުން ކައިވެނި ކުރިއިރު އެމީހުންގެ ކައިވެންޏަށް ދަރިއަކު ލިބުނީ 2011 ވަނަ އަހަރެވެ.

އަބީޝޭކްއަށް ކައިވެނި ކުރުމުގެ ކުރިން އައިޝްވާރިޔާ ވަނީ މަޝްހޫރު ތަރި ސަލްމާން ހާނާ ލޯބީގެ ގޮތުން ގުޅިފަ އެވެ. އެކަމަކު އަނިޔާކުރުން ފަދަ ކަންކަން ސަލްމާނުގެ ފަރާތުން ކުރިމަތިވާތީ އެ ގުޅުން އައިޝްވާރިޔާ ވަނީ ކަނޑާލާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް