ads
ކަންގަނާ އާއި ކުއީން އެލިޒަބަތު--
މައިދައިތަ އާއި ދަނބިދަރީގެ ކޯޅުން ބަލަން ކަންގަނާ ޝައުގެއް ނެތް!
އޮޕްރާ ވިންފްރޭއަށް ޕްރިންސް ހޭރީ އާއި އަނބިކަނބަލުން މެގަން މާކަލް ދެއްވި އިންޓަވިއުއެއްގެ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ދައްކަމުންނެވެ. މި ބުނާ އިންޓަވިއުގައި އެ ދެކަނބަލުން ދެއްކެވި ވާހަކަތަކާއި ގުޅިގެން އެއްބަޔަކު އެ ދެކަނބަލުންގެ ދިފާއުގައި ވާހަކަ ދައްކަމުން އަންނައިރު އަނެއް ބަޔަކު އަންނަނީ ޝާހީ އާއިލާގެ ދިފާއުގައި ތެދުވަމުންނެވެ.

ސޯޝަލް މީޑިއާގައި ކެކި އަރާއި އެކި މައްސަލަތަކާއި ގުޅިގެން ބޮލީވުޑުގެ ތަރި ކަންގަނާ ރަނައުތަކީ އަބަދުވެސް ވާހަކަ ދައްކާ ފަރާތެކެވެ. އެއީ ކިތަންމެ ބައެއްގެ ނުރުހުން އެކަމުގައި އޭނާއަށް ކުރިމަތިވިޔަސް ވަރިހަމަ އެވެ. މިފަހަރު ކަންގަނާ ވާހަކަ ދައްކާފައި މިވަނީ ޝާހީ އާއިލާގެ ދިފާއުގަ އެވެ. 

ކަންގަނާ ބުނާ ގޮތުގައި އެ ބުނާ އިންޓަވިއުއެއް އޭނާ ނުވެސް ބަލަ އެވެ. އެކަމަކު ކުއީން އެލިޒަބަތުގެ ދިފާއުގައި ކަންގަނާ ވާހަކަ ދެއްކިއިރު އެ އިންޓަވިއުގައި ހެރީ އާއި މެގަން، ކްއީންގެ ވާހަކައެއް ނުވެސް ދައްކަވަ އެވެ. 

ކަންގަނާ ބުނީ މިދިޔަ ދުވަސްތަކުގެ ތެރޭގައި، މީހުން ސޯޝަލް މީޑިއާގައި ފެނިގެންދިޔައީ ވާހަކައެއްގެ އެއް ބައި އަޑުއަހައި، މީހުން ޖަޖުކުރަމުންދިޔަ މަންޒަރު ކަމަށެވެ. އެގޮތުން އެ އިންޓަވިއު ނުބަލާއި ކަމަށާއި މައިދައިތަ އާއި ދަނބި ދަރީގެ ކޯޅުން ބަލަން ޝައުގުވެރިކަން ވެސް ނުހުންނަ ކަމަށް ކަންގަނާ ބުނެ އެވެ.  

ކްއީން އެލިޒަބަތަކީ ލާމަސީ އަނބެއް ނުވަތަ ދައްތައަކަށް ނުވެދާނެ ކަމަށާއި އެކަމަކު އެކަމަނާ، ރާނީގެ މަގާމު ވަރަށް ފުރިހަމަ އަށް އަދާކުރަމުންދާ ކަމަށާއި ފިރިހެން ދަރިއަކަށް ވުރެ ރަނގަޅަށް ތަހުތު ދަމަހައްޓާފައިވާ ކަމަށް ވެސް ބުނެ އެވެ. ކްއީނެއް ފަދައިން ރިޓަޔާ ކުރުމުގެ ފުރުސަތު ދިނުމަށް އެދުނެވެ.  

25%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް