ads
އިދިކޮޅުގެ އިހްތިޖާޖު-- ފޮޓޯ: ހީނާ ވަލީދު
އިދިކޮޅު އިހްތިޖާޖުން ހައްޔަރުކުރި 23 މީހުން އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި
އިދިކޮޅު އިހްތިޖާޖުން ހައްޔަރުކުރި 23 މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ޖުމްލަ 24 މީހަކު އިއްޔެގެ މުޒާހަރާއިން ހައްޔަރު ކޮށްފައި ވާއިރު އޭގެ ތެރެއިން އެކަކު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފަ އެވެ. އަދި ބައެއް މީހުން ވަނީ ދޫނިދޫއަށް ވެސް ގެންގޮސްފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އިއްޔެގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި އެ ދެ ޕާޓީގެ ކަައުންސިލް މެންބަރުން ވެސް ހިމެނޭ ގޮތަށް ޖުމްލަ 24 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އިއްޔެގެ އިހުތިޖާޖުން ހައްޔަރުކުރި މީހުން އަދިވެސް ހައްޔަރުގައި ބައިތިއްބާފައި ތިބީ ކޮން ސަބަބަކާހުރެ ކަމެއް ފުލުހުން މިހާތަނަށް ސާފު ކޮށްދީފައެއް ނުވެ އެވެ. 

މިދިޔަ ހަފުތާގައި ވެސް އިދިކޮޅުން ބޭއްވި މުޒާހަރާއިން ހައްޔަރުކުރި 38 މީހުން ދޫކޮށްލީ ޖޫރިމަނާ ކުރުމަށްފަހު އެވެ.

އިދިކޮޅުން މާލޭގައި މުޒާހަރާކޮށްފައި ވަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށެވެ. އެގޮތުން ގައިޑްލައިންގައި ވަނީ ފަސް މީހުންނަށް ވުރެ ގިނައިން އެއްވުމަކީ މަނާކަމެއް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް