ads
މާމިގިލި އެއާޕޯޓް-- ފޮޓޯ: ވިލާ އެއާ--
ވިލާ ފްލައިން ސްކޫލަށް އިންސްޓްރަކްޓަރުން ހޯދަނީ
ވިލާ އެއާ އާއި ވިލާ ކޮލެޖް ގުޅިގެން އަންނަ މެއި މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ވިލާ ފްލައިން ސްކޫލަށް ބޭނުންވާ އިންސްޓްރަކްޓަރުން ހޯދަން އިއުލާނުކޮށްފި އެވެ.
Advertisement

ވިލާ ކޮލެޖުން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ފަސް ދާއިރާއަކުން އިންސްޓްރަކްޓަރުން ހޯދަން އިއުލާން ކޮށްފައިވާ އިރު ކޮންމެ ދާއިރާއަކަށް ވެސް ކުރިމަތި ލެވޭނީ އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންސް (އޭޓީޕީ) އާއި އެމްސީސީއޭގެ އިންސްޓްރަކްޓާ ރޭޓިން އަދި މަލްޓި އެންޖިން ރޭޓިން ލިބިފައިވާ މީހުންނަށް އެކަނިކަމަށް ބަޔާން ކޮށްފައިވެ އެވެ.

އިއުލާނުކޮށްފައިވާ މަގާމުތައް:

ހެޑް އޮފް ޓްރެއިނިން ސްކޫލް

ޗީފް ފްލައިޓް އިންސްޓްރަކްޓަރު (ސީއެފްއައި)

ޗީފް ތިއޮރެޓިކަލް ނޮލެޖް އިންސްޓްރަކްޓަރު

ގްރައުންޑް އިންސްޓްރަކްޓަރު

ފްލައިޓް އިންސްޓްރަކްޓަރު

މީގެ ތެރެއިން ގްރައުންޑް އަދި ފްލައިޓް އިންސްޓްރަކްޓާގެ މަގާމަށް އެކަކަށްވުރެ ގިނަ މީހުން ނަގާން ހަމަޖެހިފައިވަނީ ފްލައިން ސްކޫލުގައި ކިޔަވާ ކޮންމެ ހަ ކުއްޖަކަށް އިންސްޓްރަކްޓަރެއް ހުންނަން ޖެހޭތީ ކަމަށާއި މި މަގާމުތަކަށް ދިވެހިންގެ އިތުރުން ބޭރު މީހުންނަށް ވެސް ކުރިމަތިލެވޭނެ އެވެ. 

ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ މަގާމަށް ފުރަތަމަ ފުރުސަތު ދޭނީ ދިވެހިންނަށް ކަމަށާއި، މި މަގާމުތަކަށް ހޮވާނީ ކަމަށް އެންމެ ގާބިލު މީހުން ކަމަށެވެ. އެގޮތުން މަސައްކަތުގެ ދާއިރާއިން ލިބިފައި ހުރި ތަޖުރިބާއަށް ބަލައި ކިޔަވައި ދިނުމުގައި ހުރި ގާބިލު ކަމަށްވެސް ބަލާނެ ކަމަށެވެ.   

މި ސްކޫލް ހުޅުވުމަށް ބޭނުންވާ ކްލާސްރޫމްތައް ހަދައި ދަރިވަރުން ދުއްވާނެ ބޯޓާއި ހެނގަރުގެ މަސައްކަތް މިހާރު މާމިގިލީގައި ދަނީ ކުރަމުންނެވެ. 

ވިލާ ފްލައިން ސްކޫލް ހުޅުވުމަށް ބޭނުންވާ ލައިސަންސް ހޯދަން މިހާރު ވަނީ ސިވިލް އޭވިއޭޝަނުގައި އެދިފައިވާ ކަމަށާއި މި ސްކޫލް ހަދައި އަންނަ މެއި މަހު ކިޔަވައިދޭން ފެށޭނެ ކަމަށް ވިލާ އެއާގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވެފައިވެ އެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ލިޔުންތަށް ހުށަހެޅުމަށް ވެސް ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް