ތާރާ އަށް ކޮވިޑް-19 ޖެހުނުކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވީ ނަމަވެސް އޭނާ އެކަމާއި ގުޅިގެން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ނަމަވެސް ރިޕޯޓްތަކުން ބުނާ ގޮތުގައި ތާރާއަށް ވަނީ ކޮވިޑް ޖެހި އޭނާގެ ބަލި ހާލަތު ވަރަށް ބޮޑަށް ދަށްވެފަ އެވެ. ކެއްސުމާއި ރޯގާގެ އިތުރުން އޭނާ ދަނީ ގަދަހުމުގައި ވޭނާއި ކެކުޅުން ތަހައްމަލް ކުރަމުން ކަމަށް ވެއެވެ.
ތާރާ ޕޮޒިޓިވްވެފައިވާއިރު އޭނާ ވަނީ ދާދި ފަހުން ސުނިލް ޝެޓީގެ ދަރި، އަހާން ޝެޓީއާއި އެކުގައި ފިލްމެއްގެ ޝޫޓިންގައި ވެސް ބައިވެރިވެފަ އެވެ.