ads
ކަރަން އަދި ބިޕާޝާ
ކަރަން އާއި ބިޕާޝާ ދަރިއަކު ހޯދަން އަދި ނުވިސްނާ!
ބިޕާޝާ ބާސޫ އަދި ކަރަން ސިން ގްރޯވާ ކައިވެނިކޮށްފަ ވަނީ 2016 ވަނަ އަހަރު އެވެ. އެމީހުންގެ ކައިވެންޏަށް ފަސް އަހަރުވެފައި ވާއިރު ދަރިއަކު ނުހޯދާ ހުންނަނީ ކީއްވެތޯ އެއީ އެ ދެމަފިރިންނަށް އަމާޒުވާ ސުވާލެކެވެ.
Advertisement

އެކަމާ ގުޅޭގޮތުން ކަރަން އާ ކުރިމަތިވި ސުވާލަށް އޭނާ ޖަވާބު ދެމުން ބުނެފަ ވަނީ އަދި ދަރިއަކު ހޯދަން އެ ދެމަފިރިން ނުވިސްނާ ކަމަށެވެ. އެއީ އަދި އެމީހުންގެ ހަޔާތުގައި ހާސިލް ކުރަން ބޭނުންވާ އެހެން ލަނޑުދަނޑިތަކެއް ހުރުމުން ކަމަށް ކަރަން ވަނީ ހާމަކޮށްފަ އެވެ.

އެހެން ނަމަވެސް ކޮންމެވެސް ދުވަހަކުން އޭނާ ބައްޕައަކަށް ވާން ބޭނުންވާ ކަމަށާއި އެއީ އޭނާ ދެކޭ ހުވަފެނެއް ކަމަށް ކަރަން ބުންޏެވެ.

އޭނާ އުންމީދު ކުރާވަރަށްވުރެ އަވަހަށް ކުއްޖަކު ލިބުނަސް އޭނާ ވަރަށް އުފާ ވާނެ ކަމަށް ވެސް ކަރަން ވަނީ ހާމަކޮށްފަ އެވެ.

ބިޕާޝާ އެކު އޭނާ އުޅެނީ ވަރަށް ލޯބިން ކަމަށާއި އެމީހުންގެ ދިރިއުޅުން ވަރަށް އުފާވެރިކަމަށް ވެސް ކަރަން ވަނީ ބުނެފަ އެވެ.

ބިޕާޝާ ބާސޫ އަދި ކަރަން ސިން ގްރޯވާ ވަނީ ކަރަންގެ އުފަން ދުވަސް ފާހަގަކުރުމަށް ފެބްރުއަރީގައި ރާއްޖެއަށް ވެސް ޒިޔާރަށްކޮށްފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް