ads
އައްޑޫ ސިޓީ
އައްޑޫ ސިޓީ މޮނިޓަރިންގެ ހާލާތު އުވާލައިފި
ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނައި އައްޑޫ ސިޓީގެ މޮނިޓަރިން އުވާލައިފި އެވެ.

އައްޑޫ ސިޓީން ކޮވިޑް ކޭސްތައް ފެނިގެން އެސިޓީ މޮނީޓަރިން ހާލަތަށް ގެނެސް، ވަގުތީގޮތުން އަރާއި ފޭބުން މަނާކުރީ މިދިޔަ ފެބްރުއަރީ މަހު ހަވަނަ ދުވަހު އެވެ.

ޑިރެކްޓާ ޖެނެެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކު ރޭގައި ނެރުނު ބަޔާނުގައި ބުނެފައި ވަނީ އައްޑޫސިޓީގައި މޮނީޓަރިންގެ ހާލަތު އިތުރަށް ދިގު ދަންމަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުން ރެއިން ފެށިގެން އައްޑޫ ސިޓިގެ މޮނީޓަރިންގެ ހާލަތު އުވާލާފައިވާ ކަމަށެވެ.

އައްޑޫ ސިޓީން ނެގި ހުރިހާ ރޭންޑަމް ސާމްޕަލެއެއް ވަނީ ނެގަޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފައިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ހުކުރު ދުވަހު އާންމު ކުރި ކޮވިޑް ތަފާސްހިސާބުތައް ދައްކާގޮތުން 4،889 ސާމްޕަލްއިން 92 މީހަކު ޕޮޒިޓިވްވި އެވެ. އޭގެ ތެރެއިން 86 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި 6 މީހުން މި ބައްޔަށް މިހާރު ފަރުވާ ހޯދަމުންދާ ކަމަށްވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް