ads
ލަންކާ---
މާސްކު އެޅޭނަމަ މޫނުބުރުގާ މަނާކުރިޔަސް އުޅެން ހުރަހެއް ނެތް!؟
މި ދުވަސްކޮޅު އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އެއްވާހަކަ އަކީ، ދެ މިލިއަނެއްހާ މުސްލިމުން ދިރިއުޅެމުންދާ އަވަށްޓެރި ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާކޮށް، އެތައް ސަތޭކަ އިސްލާމިކް ސްކޫލްތަކެއް ބަންދު ކުރަން ސަރުކާރުން ނިންމި ވާހަކައެވެ. ކަން މިމަގުން ހިނގައިފިނަމަ ދެން ވާނީ ކިހިނެއްތޯއެވެ؟ ތައުލީމު ހާސިލް ކުރުމަށާއި އަދި އެހެނިހެން ބޭނުންތަކުގައި ގިނަ ދިވެހީންތަކެއް ލަންކާގައި ދިރިއުޅެމުން ދާއިރު މިކަމުގެ ސަބަބުން އެމީހުންނަށް ދިމާވެދާނެ ދަތިތަކަކީ ކޮބައިތޯއެވެ؟ މީ މިވަގުތު ކޮށްލަން މުހިއްމު ސުވާލުތަކެއް ނޫންތޯއެވެ؟

މި ހަރުކަށި ފިޔަވަޅު ކުށްވެރިކޮށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންވެސް ވަނީ ޓްވިޓަގައި ނުރުހުން ފާޅުކޮށްފައެވެ. އަދި މިކަމާ ދެކޮޅަށް ނިކުންނަން ޖެހޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން ލަންކާގައި ދިރިއުޅެމުންދާ ދިވެހިންގެ ކަންބޮޑުވުމާއި ހިޔާލަކީ ކޮބައިތޯ އަޅުގަނޑުމެން ބަލާލީމެވެ. ހަމަ ޔަގީނުންވެސް އެތަނެއްގައި ދިރިއުޅެމުންދާ ބަޔަކަށް އެތަނެއްގެ ހާލަތު މާ ރަނގަޅަށް އެނގޭނެތާއެވެ. އެގޮތުން ލަންކާ އިން ވާހަކަ ދެއްކި މީހަކު ބުނީ މިއީ މާ ހާސްވާން ޖެހޭ ވަރުގެ ކަމެއް ނޫންކަމަށާއި އެތަނުގައި މޫނުބުރުގާ އަޅައިގެން އުޅޭ ދިވެހީންވެސް ތިބީ ހާލަތާ އެއްގޮތަށް ބަދަލުވަން ތައްޔާރަށް ކަމަށެވެ. އެއީ މޫނު ބުރުގަލުގެ ބަދަލުގައި މާސްކް އަޅައިގެން އުޅުމެވެ. އަދި ބަންދު ކުރަނީ އިސްލާމީ ތަރުބިއްޔަތުދޭ ކުދި ކޮލެޖްތަކާއި ސްކޫލްތައް ކަމަށާއި އޭގެ ސަބަބުން އިންޓަނޭސަނަލް ސްކޫލްތަކަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށް އޭނާ ބުންޏެވެ. 

"ގިނަ ކޮންސާންއެއްް ނެތް މޫނު އެޅުމާމެދު އެއް! މިހާރު ބޮން ގޮއްވި ފަހުން އަލުން މޫނުއެޅި މީހުންވެސް ބުނީ މާސްކް އަޅައިގެން އުޅެވޭނެއެއް ނޫންހޭ. ދެން ކްލޯސް ކުރަނީވެސް ހަމައެކަނި އިސްލާމިކް އެޑިޔުކޭސަން ކިޔަވާ ކުދި ސްކޫލްތައް ވީމަ އިންޓަނޭސަނަލް ސްކޫލްތަކަށް މާބޮޑު އިފެކްޓެއް ނާންނާނެއެއްނު،" 

އަދި މައްސަލަ އަކަށް ވާނީ ބުރުގާ ނަގަން މަޖުބޫރު ވެއްޖެއްޔާ ކަމަށް ބުންޏެވެ. 

މޫނު ބުރުގާއި އަޅައިގެން އުޅޭ ބައެއް މީހުންނާއި ވާހަކަ ދައްކާލިއިރު މި އެންމެންގެ ވެސް މައިގަނޑު ވާހަކައަކީ މިއީ އެވެ. އެއީ ބުރުގައި އެޅުން މަނާ ނުކުރާނަމަ، ހަމަޖެހިގެން އުޅެވޭނެ އެވެ. އަނެއްކޮޅުން ކޮވިޑް-19 ގެ ކަންތައްތަކާއި ހުރެ މާސްކް އަޅައިގެން ބޭރަށް ނިކުންނަން އަންގާފައިވާތީ ކޮންމެ ގޮތެއް ވިޔަސް ބޭރުގައި އުޅެވޭނީ މާސްކް އަޅައި މޫނު ފޮރުވައިގެންނެވެ. މިހެންކަމުން، މޫނު އަޅާއި މީހުން ވެސް މާސްކް އަޅައި މޫނު ފޮރުވައިގެން އުޅުމަށް ހުރަހެއް ނެތް ކަމަށެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ހަމަލާތަކާއެކު ވެސް ވަނީ އެގައުމުގައި މޫނު އެޅުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ. ބުދިސްތުންގެ މެޖޯރިޓީއެއް އޮންނަ ލަންކާގައި ނަސޯރާއިން އީސްޓާ ފާހަގަ ކުރަނިކޮށް ދިން ހަމަލާގައި 235 މީހުން މަރުވެފައިވާއިރު، އެގައުމުގެ ސަލަމަތީ ކަންކަން އޭގެ ފަހުން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. 

މިދިޔަ ހުކުރު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު، ސަރަތު ވީރަސެކެރާ ވަނީ، މޫނު ބުރުގާ އެޅުން މަނާކުރުމަށް ކެބިނެޓްގެ ހުއްދަ ހޯދުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގައި ވެސް މިހާރު ސޮއިކޮށްފައިވާ ކަމަށާއި ހާހެއްހާ އިސްލާމިކް ސްކޫލުތައް ބަންދުކުރުމުގެ މަސައްކަތް ކުރާކަން ހާމަކޮށްފަ އެވެ. 

ލަންކާއަކީ 15000 އަށް ވުރެ ގިނަ ދިވެހިން ވެސް ދިރިއުޅެމުން އަންނަ ގައުމެކެވެ. އެތަނުގައި ވަޒަންވެރިވެ އެތައް އާއިލާތަކެއް ދިރިއުޅެމުން އަންނައިރު ބޭސް ފަރުވާ ހޯދުމަށް އެގައުމަށް ދިވެހިން ގޮސް ހަދަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް