ads
ނަޑެއްލާގައި ތަރައްގީކުރި އީކޯ ޕާކު --- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ނަޑެއްލާގައި އީކޯ ޕާކެއް ހުޅުވައިފި
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ނަޑެއްލާ ކުޅީ ސަރަހައްދުގައި އީކޯ ޕާކެއް ހުޅުވައިފި އެވެ.

ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި ނަޑެއްލާ ކުޅި ސަރަހައްދުގައި އީކޯ ޕާކު އެޅުމުގެ ޕްރޮޖެކްޓު ހިންގާފައިވަނީ ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑުސް) އިންނެވެ.

މި ޕްރޮޖެކްޓަކީ ނަޑެއްލާގެ ގޮނާނިގިލި ކުޅީގެ ގުދުރަތީ ރީތިކަން އާންމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާހައުލެއް ގާއިމުކޮށްދިނުމުގެ އިތުރުން، ކުޅީގެ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމަޔަށް ދަމަހައްޓާ، އެތަނުގެ މައުލޫމާތު އެތަނަށް ޒިޔާރަތް ކުރާ މީހުންނަށް ދިނުމުގެ މަގްސަދުގައި ހިންގުނު ޕްރޮޖެކްޓެއް ކަމަށް ބީއެމްއެލް އިން މައުލޫމާތު ދިނެވެ.  

your imageނަޑެއްލާގައި އީކޯ ޕާކު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ: ބީއެމްއެލް 

މި ޕްރޮޖެކްޓްގެ ދަށުން އެ ކުޅީގައި ވިއުވިންގް ޕްލެޓްފޯމެއް އެޅުމުގެ އިތުރުން، ކުޅި ހިމެނޭ ސަރަހައްދުގައި ފަސް ބެންޗާއި ފަސް ޑަސްބިން ބަހައްޓާ، އަދި ފަސް ސޯލާ ބައްތި ހަރުކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ނަޑެއްލާގެ އީކޯ ޕާކު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށްފަހު، އެތަން ބެލެހެއްޓުމުގެ ކަންކަން ރަށު ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ޕްރޮޖެކްޓު ހިންގި ނިޑުސް އިން ވަނީ މި ޕްރޮޖެކްޓުގެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދިން ނިޑުސްގެ ވޮލަންޓިއަރުންގެ އިތުރުން ރަށުތެރެއިން މި މަސައްކަތަށް އެއްބާރުލުމާއި އެހީތެރިކަން ދިން ދަރުމަވެރިން އަދި ނަޑެއްލާގެ ހެޔޮއެދޭ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފައެވެ. މީގެ އިތުރުން ބީއެމްއެލް އިން މި ޕްރޮޖެކްޓަށް ފަންޑުކޮށްދިނުމުން ނިޑުސް އާއި ނަޑެއްލާގެ ރައްޔިތުންގެ ނަމުގައި ބީއެމްއެލް އަށް ޝުކުރު އަދާކޮށްފައިވެއެވެ. 

ބީއެމްއެލްއިން 2019 ވަނަ އަހަރު ތައާރަފްކުރި ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި އެކި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް