ads
އޭޖީ ރިއްފަތު--
އާމްދަނީ ޓެކްސް ނަގާ ބާވަތްތައް އިސްލާހުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ
އާމްދަނީ ޓެކްސް ނަގާ ބާވަތްތައް އިސްލާހުކުރުމުގެ އިތުރުންވެސް އާމްދަނީ ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމައްޓަކާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ގާނޫނަށް އިސްލާހު ގެނައުމަށް ރައީސް އޮފީހަށް ފޮނުވާފައިވަނީ މިއަދު އެވެ.

އެގޮތުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ތިން އިސްލާހެއް ގެނައުމަށް ހުށަހަޅާފައިވާ ކަމަށް އޭޖީ އޮފީހުން ބުނެއެވެ. 

އެއީ އެ ގާނޫނުގެ ދަށުން ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާވާ ބާވަތްތައް އިސްލާހުކުރުން، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ދައްކަންޖެހޭ ބޭންކް ކޮމިޝަން، އިންޓާ ކަނެކްޝަން ޗާޖަސް އަދި ރީއިންޝުއަރަންސް ޕްރީމިއަމްއިން ޓެކްސް ދެއްކުމުން އިސްތިސްނާކުރުމުގެ އިތުރުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުން ދައްކަންޖެހޭ ވިތުހޯލްޑިންގް ޓެކްސް ދެއްކުމުގެ އުސޫލު އިސްލާހު ކުރުމުގެ އިތުރުން އެ ގާނޫނު ދަށުން ޓެކްސް ނަގަން ފެށި ފަހުން، ގާނޫނު ތަންފީޒުކުރުމުގައި ކުރިމަތިވަމުންއައިސްފައިވާ ދަތިތައް ހައްލުކޮށް، އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށެވެ. 

މީގެ އިތުރުން އޭޖީ އޮފީހުން މިއަދު ވަނީ ފޮރިން ސާވިސްގެ ބިލެއްވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސް އޮފީހަށް ފޮނުއްވާފައެވެ. ނަަމަވެސް މި ބިލާއި ގުޅިގެން އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް