ads
ރަސްމާދޫ ރައްޔިތުން ނިކުމެ ބަނދަރު ސަރަހައްދުގައި--
ޑްރަގް ބޭނުންކުރާތީ ރަސްމާދޫން ބަޔަކު ބޭރުކޮށްފި
ރ. ރަސްމާދޫގައި އުޅެމުން އައި އެހެން ރަށެއްގެ ތިން މީހަކު، މަސްތުވާތަކެތި ބޭނުންކުރާތީ އެކަމުގެ އުނދަގޫ ރައްޔިތުންނަށް ބޮޑުވެ، ރަށުން ބޭރުކޮށްފި އެވެ.
Advertisement

ރަސްމާދޫ ކައުންސިލްގެ ރައީސް ތޯހާ ރަޝީދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އާބާދީގައި 890 އެއްހާ މީހުން އުޅޭ ރަސްމާދޫގެ ރައްޔިތަކު މަސްތުވާތަކެތި ބޭނުމެއް ނުކުރެ އެވެ. އެކަމަކު ރަށުގައި އުޅޭ ރަށުން ބޭރު ތިން މީހަކު އެކަމުގެ ތެރޭގައި އުޅޭކަމުގެ އަޑު އަރަ އެވެ. 

ތޯހާ ވިދާޅުވީ، އޭގެ ތެރޭގައި ހިމެނެނީ އެއަތޮޅު އިނގުރައިދޫގެ މީހަކާއި ބަންގްލަދޭޝް މީހެއްގެ އިތުރުން މާލޭ މީހެއް ކަމަށެވެ. އެގޮތުން އިނގުރައިދޫ މީހާއާއި މާލޭ މީހާއަކީ އެރަށުގެ ދެ މީހަކާއި ކައިވެނިކޮށްގެން ރަށުގައި އުޅެމުން އައި ދެ މީހުންކަން ފާހަގަކުރެއްވި އެވެ. 

ތޯހާ ވިދާޅުވި ގޮތުގައި މިއަދު ރައްޔިތުން އެ ތިން މީހުން ރަށުން ބާލަން ނިކުމެފައި ވަނީ އެރަށަށް ޖައްސާ އަތޮޅު ފެރީގެ އެރަށުގެ އެޖެންޓް ހައްޔަރުކުރުމުންނެވެ. އެއީ ވަރަށް ފަހުން 18 އަހަރުވި އިހުލާސްތެރި ކުއްޖެއްކަން ވެސް ކައުންސިލް ރައީސް ފާހަގަކުރެއްވި އެވެ. 

އޭނާއަކީ ރަށަށް ފެރީ ޖެއްސުމުން މީހުނަށް ފޮނުވާ ސާމާނު، އެ މީހުންގެ ގޭގެއަށް ގެންގޮސްދީ، ވަރަށް އިހުލާސްތެރިކަމާއެކު މަސައްކަތްކުރަމުން އައި ކުއްޖެއް ނަމަވެސް މިއަދު އޭނާ ހައްޔަރުކުރީ އެގޮތަށް ފެރީއަށް މީހަކުލީ ކޮތަޅެއް ނަގަން ދިޔަ ވަގުތެވެ. 

ތޯހާ ވިދާޅުވީ ވަޑާމުގެ ސާމާނުތަކެއް ހުރި ކޮތަޅު ނަގައިގެން އެ ޒުވާނާ އަންނަނިކޮށް ހައްޔަރުކުރީ ބަނދަރު މަތިން ފުލުހުންނެވެ. އެގޮތުން އުނގޫފާރުން ފުލުހުންގެ ޓީމެއް ރަށަށް ގޮސް ތިބީ ކައުންސިލަށް ވެސް ނޭނގި އެވެ. 

ތޯހާ ވިދާޅުވީ އެ ކޮތަޅަކީ އެ ބުނާ ރަށުގައި އުޅޭ ރަށުން ބޭރު ތިން މީހުންގެ އެއްޗެއް ކަމަށެވެ. މިއަދު އެކަމާއި ހިތްހަމަނުޖެހި ރައްޔިތުން ނިކުމެ އެ ތިން މީހުން ރަށުން ބޭލުވީ 10:00 ހާއިރެވެ. ކައުންސިލުން ލޯންޗެއްގައި އެމީހުން ފޮނުވާލީ އިނގުރައިދޫއަށެވެ. އެއީ އޭގެ ތެރެއިން އެކަކު ނިސްބަތްވަނީ އެރަށަށްކަމަށްވާތީ އެވެ. 

އެ މައްސަލައާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ނުލިބެ އެވެ.

39%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް