ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ގަތަރުގެ އަމީރު-
ރާއްޖެއިން ގަތަރަށް ނޮން-ރެޒިޑެންޓް ސަފީރެއް އައްޔަންކުރަނީ
ދިވެހިރާއްޖެއިން ގަތަރަށް ނޮން-ރެޒިޑެންޓް ސަފީރެއް އައްޔަންކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

މިކަން އިއުލާން ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. 

ރައީސް ސޯލިހުގެ އެ ނިންމެވުން ގަތަރުން ބަލައިގެންފައިވާކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.

މިނިސްޓަރު ވިދާޅުވީ އެ ނިންމެވުމަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއްކަމަށެވެ.

ރައީސް ސޯލިހު ގަތަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ އަމީރު ތަމީމް ބިން ހަމަދް އަލް ތާނީއާ ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.

ރައީސް ސޯލިހު ގަތަރާއެކު އަލުން ގުޅުން ގާއިމް ކުރުމަށް އެގައުމަށް ވަޑައިގެންނެވިއިރު އެ ދަތުރުފުޅުގައި އެމަނިކުފާނާއެކު ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖޫން، 2017 ގައި ރާއްޖެއިން ގަތަރާ އެކު އޮތް ހާރިޖީ ގުޅުންތައް ނިމުމަކަށް ގެނައީ ސައުދީ އަރަބިއްޔާ އާއި ގަތަރުގެ ގުޅުން ގޯސްވެ، ސައުދީން ގަތަރާ ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނިކޮށެވެ.

ރާއްޖެއިން ގަތަރާއެކު އަލުން ގުޅުން ގާއިމް ކުރަން ނިންމީ މި އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް