ads
ހީނާ ކާން
ރާއްޖެއަށް ހިތް ޖެހި ހީނާ އަނެއްކާވެސް ރާއްޖެއަށް
ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހީނާ ހާން އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ހީނާ އައިސްފައި ވަނީ އޭނާގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް އާ އޭނާގެ އާއިލާއާ އެކުގަ އެވެ. 

ހީނާ އިއްޔެ ރާއްޖެ އައިސްފައިވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ކުރަމަތި އައިލެންޑް ރިސޯޓުގަ އެވެ.  

ހީނާ ވަނީ އޭނާ ރެދަން ބަލަން އުޅޭ މަންޒަރުވެސް އިންސްޓަގްރާމަށް ހިއްސާކޮށްފަ އެވެ. އަދި އެކި ކެޔުންތައް ކާ މަންޒަރު ވެސް ފެނެ އެވެ. އެ އެއްޗިހީގެ މީރު ވާހަކަ އޭނާ ވަނީ ހިއްސާކޮށްފަ އެވެ.

ހީނާ އެންމެ ފަހުން ރާއްޖެ އައިސްފައި ވަނީ ނިމިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހު ގައެވެ. އޭނާ ޗުއްޓީ ހޭދަކޮށްފައި ވަނީ ހަމަ ކުރަމަތި އައިލެންޑް ރިސޯޓު ގައެވެ. 

ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ. އެކަމަކު ބޮލީވުޑުގައި މަސައްކަތް ކުރަން އެ ޝޯ، އޭނާ ދޫކޮށްލިއިރު އޭނާގެ ފުރަތަމަ ފިލްމު، "ހެކްޑް" މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް