ނަމަވެސް ކިއާރާ ވަނީ ދާދި ފަހުން އޭނާއަށް ކުރިމަތިވި ސުވާލަކަށް ދިން ޖަވާބުގައި އޭނާ ސިދާތާއި އެކުގައި އުޅޭ ކަމުގެ އިޝާރާތެއް ކޮށްފައެވެ.
އެގޮތުން އޭނާ އެންމެފަހުން ޑޭޓް އަކަށް ދިޔައީ ކޮންއިރަކުތޯ ކުރިމަތިވި ސުވާލަށް ޖަވާބުދެމުން ކިއާރާ ބުނެފައި ވަނީ އޭނާ އެންމެ ފަހަށް ޑޭޓްއަށް ދިޔައީ މިއަހަރުގެ ތެރޭގައި ކަމަށެވެ.
މިއަހަރަށް ވެފައިވަނީ އެންމެ ދެ މަސްކަން ފާހަގަކުރަމުން އޭނާ ބުނީ ދެން އެއީ ކޮންއިރަކުކަން ގެސް ކޮށްލުމަށެވެ.
ކިއާރާ އަދި ސިދާތް
ކިއާރާ މިހެން ބުނެފައިވާއިރުގައި އޭނާ އެންމެ ފަހަށް ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައި ވަނީ ސިދާތްއާއި އެކީގައެވެ.
އޭނާ ސިދާތްގެ ގެއިން އެތަށް ފަހަރަކު ބޭރަށް ނިކުންނަ މަންޒަރުވެސް ވަނީ ފެނިފައެވެ.