ads
އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތުން--
ދޮގު ހަބަރުތައް ފެތުރުން ގިނަވަނީ ކީއްވެ ބާ؟
ދިވެހިރާއްޖޭގެ މުޖުތަމައަށް ނަޒަރު ހިންގާލާއިރު މީހާރު ފެންނަމުންދާ އެންމެ ހިތްދަތި އެއް މަންޒަރަކީ އެކިއެކި ބޭނުންތަކުގައި ދޮގު ހަބަރުތައް ފަތުރާ އާންމު ކުރަމުންދާ މަންޒަރެވެ. މިފަދަ އަމަލުތައް މުޖުތަމައުގެ ތެރޭގައި ގިނަވެފައި މިވަނީ ކީއްވެގެންތޯ ސުވާލުކޮށްލުން މިއީ އަދު ކިހާ މުހިންމު ކަމެއްތޯއެވެ؟
Advertisement

މި ފަހަކަށް އައިސް ދެކެވުނު އެއް ވާހަކައަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަން އޮފީސް ތެރޭގައި ކުއްޖަކަށް ހަނގާ ކޮށްފައިވާ ވާހަކައެވެ. ދަރިވަރުންގެ ޔޫނިއަން އޮފީސް ތެރޭގައި ދަރިވަރެއް ގޮނޑިއެއްގައި ބަނދެ، އޭނާއަށް ހަނގާ ކޮށްފައިވާ ކަމަށް ބެލެވޭ ފޮޓޯއެއް މީސްމީޑިއާގައި ދައުރު ވެފައިވާއިރު، ދަރިވަރުންގެ އެންމެހާ ހައްގުތައް ރައްކާތެރިކުރުމާއި، މަސްލަހަތު ކުރިއެރުވުމާއި، އުހްވަތްތެރިކަމާއި ވަފާތެރިކަމުގެ ރޫޙް އާލާކުރުމާއި، ޔުނިވާސިޓީގެ މަގްސަދުތައް ހާސިލުކުރުމަށް އެހީތެރިވުމަށް ހެދިފައިމިވާ ޔޫނިއަންގެ މަސްއޫލިއްޔަތާ މެދު ގިނަ ބަޔަކުވަނީ ސުވާލު އުފައްދާފައެވެ. 

މީގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިން އަދި މުޖްތަމައު ޔޫނިއަނާއި ދޭތެރޭގައި ދެކެމުންއައި ގޮތަށް ބުރުއަރާފައި ވާއިރު މިކަން ދޮގުކޮށް ދިވެހިރާއްޖެގެ ގައުމީ ޔުނިިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި އެފަދަ ކަމެއް ހިނގާފައި ނުވާއިރު، 2019 ވަނަ އަހަރުގައި ދަރިވަރުން ބޭނުން ކުރަމުންއައި ނުރަސްމީ ވައިބާ ގުރޫޕަކުން އެފޮޓޯ ފެނުމުން އެކަންތައްބަލައި އެކަމާއިމެދު ފިޔަވަޅު އަޅާފައިވާނެ ކަމަށްވެސް އެބަޔާނުގައިވެއެވެ. އަދި ހަގީގަތުގައި ކަން ހިނގާ ދިޔަ ގޮތް ބަލާލިއިރު މިއީ ދަރިވަރުންތަކެއް އެމީހުންގެ ރައްޓެހިންތަކެއްގެ މެދުގައި މަޖާ ކުރަން ކޮށްފައިވާ ކަމެއް ކަމަށާއި މިކަން ހިނގާފައިވަނީ އެދަރިވަރުގެ ނުރުހުމުގައި ނޫންކަން ވެސް ވަނީ އެނގިފައެވެ. 

ހަމަ އެހެންމެ ކޮވިޑް-19ގެ ބަލިމަޑުކަމާ މުޅި ދުނިޔެ ކުރިމަތި ލަަމުން ދާއިރު، ހަގީގަތުގައި މިއީ ނެތް ބައްޔެއް ކަމަށާއި، މިއީ ގައުމުތަގެ އިސްވެރިން ރައްޔިތުންނަށް ހިޔާނާތްތެރި ވުމުގެ ގޮތުން ދައްކަމުންދާ ވާހަކައެއް ކަމަށް ބުނެ ބައެއް މީހުންދަނީ އަޑު ފަތުރަމުންނެވެ.

އަދި ކޮވިޑް-19 އިން ރައްކާތެރި ވުމަށް ޖަހާ ވެކްސިނުގެ ސަބަބުން ލޭގަނޑު ވުމާއި، ބޮޑެތި ބަލިތައް ޖެހުންފަދަ ގެއްލުންތަކެއް ވަމުން ދާ ކަމަށް ބައެއްމީހުން ބުނަމުން ދާއިރު މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ވަނީ ވެކްސިން ޖެހުމަށް ޖެހިލުންވެ ބިރުގަނެފައެވެ. 

މީގެ އިތުރުން އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ރާއްޖެއާއި އިންޑިއާ އާއި ދެމެދު ވެފައިވާ އެއްބަސްވުމެއް ކަމަށް ބުނެ އާމުންގެ ތެރޭގައި ލިޔުމެއް ދައުރު ވަމުން ދާއިރު، މީގައިވާ ކަންތައްތަކަށް ބަލައި، މިފަދަ ކަންކަމުގެ ސަބަބުން ގައުމުގެ މިނިވަންކަމަށް ބުރުއަރާފާނެ ކަމުގެ ވާހަކަ ދައްކާ މީހުންވެސް މަދެއް ނޫނެވެ. 

ނަމަވެސް މިކަން ދޮގު ކުރައްވާ އެމްއެންޑިއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މިއީ އެއްވެސް ހަގީގަތެެއް ނެތް ވާހަކައެއް ކަމަށާއި ދައުރު ވަމުންދާ ލިޔުމަކީ އެގްރީމެންޓެއް އަދި ޑްރާފްޓެއް ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަދި މިކަމާއި ގުޅޭގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު ވިދާޅުވެފައިވަނީ އެއީ ލިބެން އޮތް ވޯޓުތަކެއް ގެއްލުވާލުމަށް ބަޔަކު ކޮށްގެން އުޅޭ ކަމެއް ކަމަށާއި، ސަރުކާރުން ކޮންމެ އެއްބަސްވުމެއްގެ ތަފްސީލަކީ ނުވަތަ މިލިޓަރީ ހުރިހާ ތަފްސީލުތަކަކީ އާންމު ކުރެވޭނެ ކަންކަމެއް ނޫން ކަމުގައެވެ. 

މިފަދަ ގިނަ ހަބަރުތަކެއް  ދައުރުވަމުން ދާއިރު، މިކަހަލަ ކަންކަމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހުރިހާ ރައްޔިތުންނަށްވެސް އޮތްއިރު އެ މިނިވަންކަމަކީ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާއެކު ބޭނުން ކުރަންޖެހޭ އެއްޗެއްކަން ހާމަ ކުރަމުން ދޮގު ހަބަރު ނުފެތުރުމަށް މިބަޔާނުގައި އިލްތިމާޒް ކުރައްވާފައިވެއެވެ. 

ދޮގު ހަދާ މީހުންނަށް އޮޅުވާލުމަކީ މާތް ވެގެންވާ އިސްލާމް ދީނުގައިވެސް ނަހީކުރައްވާފައި ކަމަކަށް ވާއިރު، ސައްތައިން ސައްތަ މި މުސްލިމް ގައުމުގައިވެސް މިފަދަ ކަންކަން މިހާރު މިވަނީ އާންމު ވެފައެވެ. 

ދޮގު ހަބަރުތައް ފަތުރާ އެ ހަބަރުތައް އާންމު ކުރާ މީހުން އެކަން ކުރަނީ ފަހަރުގައި މީހެއް ނުވަތަ ބައެއްގެ އަގު ވައްޓަލަން ކަމުގައިވެސް ވެދާނެއެވެ. ނޫނީ މީހުންގެ ސަމާލުކަން ހޯދުން ނުވަތަ ބަދަލު ހިފުމުގެ ރުހެއްގައި ކަމުގައިވެސް ވެދާނެއެވެ. ކޮންމެ ނިޔަތެެއްގައި ކޮންމެ ބަޔަކު ކުރަމުންދާ ކަމެއް ކަމުގައިވިޔަސް މިކަމަކީ ހުއްޓުވަންޖެހޭ ކަމެއް ނޫންތޯއެވެ؟ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް