ކުޑަހުވަދޫގެ ކައުންސިލްގެ ރައީސް އަހްމަދު ޝާމް ސީއެންއެމްއަށް ވިދާޅުވީ އެރަށުން ނެގުނު 260 ސާމްޕަލްގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ ނުވަ މީހުން ކަމަށެވެ.
އަދި އިތުރު މީހުންގެ ނަތީޖާ މިހާރު ލިބެމުންދާކަމަށް ވެސް ޝާމް ހާމަކުރެއްވި އެވެ.
4000 މީހުންގެ އާބާދީއެއް އޮންނަ ކުޑަހުވަދޫގައި 553 ގޭގައި މީހުން ދިރިއުޅޭ އިރުގައި އޭގެތެރެއިން 18 ގެ ވަނީ ކަރަންޓީނަށް ލާފައި ކަމަށް ވެސް ޝާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝާމް ވިދާޅުވީ އެރަށުގައި މިހާރު ވަނީ ފިޔަވަޅުތައް ވަރުގަދަކުރެވިފައި ކަމަށެވެ. އެގޮތުން ގެއިން ބޭރަށް ހާއްސަ ހުއްދައަކާ ނުލައި މީހުން ނިކުތުން ވަނީ މަނާކޮށްފައި ކަމަށް ވެސް ޝާމް ވިދާޅުވި އެވެ.
އެއާޕޯޓް މުވައްޒަފުންތަކެއް ޕޮޒިޓިވްވެ، ދ. ކުޑަހުވަދޫ މޮނިޓަރިންއަށް ލައިފައި ވަނީ މާޗް މަހުގެ 17 ވަނަ ދުވަހުގަ އެވެ.