ads
ރާއްޖޭގެ ރިސޯޓެއް--
ވިޒިޓް މޯލްޑިވްސް އިން ރަޝިއާގެ ހަތަރު ސިޓީއެއްގައި ރޯޑް ޝޯ ފަށައިފި
އެމްއެމްޕީއާރުސީން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 20 ކުންފުންޏަކާ އެކު ރަޝިއާގެ އެކި ސިޓީ ތަކުގައި ޓްރެވަލް ޓްރޭޑަށް ހާއްސަކޮށްގެން ރޯޑް ޝޯއެއް ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ މިމަހުގެ 19 އިން 26 ނިޔަލަށް ކުރިއަށްދާ މި ރޯޑްސޯ ކުރިއަށް ދާނީ ލޮސްކީ، ކާޒާން، އެކަޓެރިންބާގް އަދި ސެން ޕީޓާރަސްބާރްގައި ކަަމަށާއި ރަޝިއާ ގައި ކުރިއަށް ދިޔަ އެމް.އައި.ޓީ.ޓީ ފެއާގައި ބައިވެރިވުމަށް ފަހު ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. 

މިފަދަ ދަނޑިވަޅެއްގައި ދިވެހިރާއްޖެ އިޝްތިހާރުކޮށް ޓްރެވަލް ޓްރޭޑްގެ މެދުގައި ރާއްޖެއާއި ބެހޭ މަޢުލޫމާތު ހިއްސާކޮށް ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެމަށާއި އެގޮތުން ވިޒިޓް މޯލްޑިވްސް އާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން 12 ރިސޯޓަކާއި 2 ގެސްޓްހައުސް އަދި 6 ޓްރެވަލް އެޖެންޓުން ހިމެނޭ ގޮތަށް 33 ފަރާތަކުން ވަނީ ބައިވެރިވެފައި ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. 

އަދި ރޯޑް ޝޯގައި ރާއްޖެއާ ބެހޭ މައުލޫމާތާއި ބައިވެރިވާ ފަރާތްތަކުގެ ޕްރޮޕަޓީތަކާއި އެތަންތަނުން ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުރި ކަންތައްތައް ދައްކާލެވިގެންދާނެކަން ފާހަގަކުރަމުން އެމްއެމްޕީއާރުސީން ބުނެފައި ވަނީ މީގެ އިތުރުން ދިވެހިރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮތުމާއި ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަޅުތަކުގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ރައްކާތެރި އެއް ގައުމުގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދާ ސަބަބެއްކަމަށް އަލިއަޅުވާލެވިގެންދާނެ ކަމަށެވެ. 

ހަތަރު ސިޓީގައި ދިވެހިރާއްޖޭގެ އިވެންޓަށް ޒިޔާރަތްކުރާ ޓްރޭޑްގެ ފަރާތްތައް އިތުރުކުރުމުގެ ގޮތުން ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުވަތުން ހޮވޭ ފަރާތްތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެގޮތުން މޮސްކޯގެ އިވެންޓަށް ތާޖް އެގްޒޯޓިކް ރިސޯޓް އެންޑް ސްޕާ އަދި ސަން  އައިލަންށް ރިސޯޓުން ރެފަލް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކަޒާން އިވެންޓަށް ޕްރެޑައިސް އައިލަންޑް ރިސޯޓުން ރެޕަލް އެއް ދީފައިވާއިރު ސެއިން ޕީޓާސްބާގް އިވެންޓަށް ވަނީ ތާޖް ކޮރަލް ރީފް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް އާއި ސަން އައިލެންޑް ރިސޯޓުން ވަނީ ރެފަލް ދީފަ އެވެ. އަދި އެކަޓެރިންބާގް އަށް ރެފަލް ދީފައިވަނީ ރޯޔަލް އައިލެންޑް ރިސޯޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާ ގޮތުން މިވަގުތު ދިވެހިރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާ އިންނެވެ. އަދި މި އަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވާނެކަމުގެ ޔަގީންކަންވެސް އެބައޮތް ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

އަހަރުގެ މިހާތަނަށް ރަޝިއާއިން ވަނީ 40.698 ފަތުރުވެރިން ޒިޔާރަތް ކޮށްފަ އެވެ. ރަޝިއާއިން ރާއްޖެއާ ދެމެދު ހަތަރު ފްލައިޓެއް އަންނަނީ ދަތުރުކުރަމުންނެވެ. އޭގެ ތެރެއިން އެއަރޮފްލޮޓް އަކީ ރަޝިއާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރަމުން އަންނަ ފްލައިޓެކެވެ.

ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ޒިޔާރަތްކުރެވޭ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އަޅާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އެގޮތުން ފަތުރުވެރިން ފުރުމުގެ 24 ގަޑިއިރުގެ ތެރޭގައި އޮންލައިން ހެލްތް ޑިކްލަރޭޝަން ފޯމެއް ހުށައަޅައި 6 ގަޑިއިރުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓްކޮށް، ނެގެޓިވް ނަތީޖާގެ ލިޔުން ހުށަހަޅަން ޖެހެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް