ads
ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ނިމާލް
ބޭރުގެ އެއްވެސް ނުފޫޒެއް މިގައުމުގެ މައްޗަށް އޮވެގެން ނުވާނެ: ނިމާލް
ބޭރުގެ އެއްވެސް ގައުމެއްގެ ނުފޫޒު ދިވެހި ރާއްޖޭގެ މައްޗަށް އޮވެގެން ނުވާނެކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓްރީގެ ނައިބު މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ނިމާލް މިހެން ވިދާޅުވީ، އުތުރުތިލަފަޅު މައްސަލައަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ނިމާލް ވިދާލުވީ، ދިވެހި ރާއްޖޭގެ މައްޗަށް ބޭރުގެ އެއްވެސް ނުފޫޒެއް އޮވެގެން ނުވާނެ ކަމަށާއި، ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް، މި ގައުމުގައި އޮންނަން ޖެހޭނީ، އަމިއްލަ ބަސް ބުނެވޭ ދިވެހި ވެރިކަމެއް ކަމަށެވެ. 

އިދިކޮޅު ކޯލިޝަންއިން އިސްނަގައިގެން އިއްޔެ މާލޭގެ މަގުތަކުގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ނިމާލް ފުލުހުންގެ ބެލުމުގެ ފަށަށް ގެންދިޔައިރު، މިކަމަށް އިޝާރާތް ކުރައްވައި ނިމާލް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ނިމާލް ވިދާޅުވީ، ދެއިރު ދެދަޅައަށް ޖަލަށް ލިޔަސް ހިތުގައިވާ ގައުމި ރޫހު ޖަލަށް ނުލެވޭނެ ކަމަށާއި، ހިތުގައިވާ ގައުމީ ރޫހަށް ޕެޕާ ސްޕްރޭ އެއްވެސް ނުޖެހޭނެ ކަމަށެވެ. 

އިއްޔެގެ މުޒާހަރާގެ ތެރެއިން ނިމާލް އާއިއެކު ޖުމްލަ 25 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް ޖޫރިމަނާ ކުރުމަށްފަހު މިހާތަނަށް 23 މީހުން ވަނީ ދޫކޮށްލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް