ads
ނަޝީދު އާއި މަލީހް--
ރައީސް ނަޝީދު ދެ މުސާރަ ނަގާ މައްސަލަ މަޖިލީހަށް ހުށަހަޅަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ދެ މުސާރަ ނަންގަވާ މައްސަލައިގެ އިތުރު މައުލޫމާތު ހޯދުމަށް މާދަމާ މަޖިލީހަށް ހުށަހަޅާނެ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
Advertisement

ދެ މުސާރަ ނަންގަވާ މައްސަލަކަމަށް މަލީހް އިޝާރާތް އެ ކުރައްވަނީ ނަޝީދަށް ލިބިވަޑައިގަންނަވާ ކުރީގެ ރައީސުންނަށް ދެވޭ އިނާޔަތުގެ އިތުރުން މަޖިލީސް ރައީސްގެ މުސާރައާއި އިނާޔަތަށެވެ.

މަލީހް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ނަޝީދަކީ "ދެ މުސާރަ ތަކުރު" ގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި ވިދާޅުވީ، ދެ މުސާރަ ނަންގަވާ މައުލޫމާތު ރައީސް ނަޝީދަށް ދެން ފޮރުވައިގެން ނުހުރެވޭނެ ކަމަށާއި ރައިޓް ޓު އިންފޮމޭޝަންގެ ދަށުން މާދަމާ މަޖިލީހަށް އެ މައްސަލަ ހުށަހަޅާނެ ކަމަށެވެ. 

މަލީހް ވަނީ މަޖިލިސް މެންބަރު/ރައީސް އަދި ކުރީގެ ރައީސްގެ ހައިސިއްޔަތުން ނަގާ މުސާރަ އަދި އިނާޔަތުގެ ތެރެއިން ކޮންމެވެސް އެކައްޗެއް ރައްޔިތުންގެ ހައްގުގައި ދޫކޮށްލުމުގެ ގަޓު ހުންނާނެތޯ ސުވާލު އުފައްދަވާފަ އެވެ. 

މަލީހް އިތުރަށް ވިދާޅުވެފައި ވަނީ ފެންނާން ހުރި މަދު ރޯ މައުލޫމާތުތަކަށް ބަލާއިރު ރައްޔިތުންގެ އަތުން މަހަކު 265419.70 ރުފިޔާ ރައީސް ނަޝީދު ނަންގަވާ ކަމަށެވެ. އަދި އޭގެ ތަފްސީލް ބްރޭކް ޑައުން ހޯދާ އަދި ހާމަ ނުކޮށް ހުރިކަންކަން ފަޅާ އަރުވާނެކަން ފާހަގަކުރައްވަމުން މަލީހް ވިދާޅުވީ އެއީ މަހަކު 17 މީހުން ފަގީރުކަމުން މިންޖުވާހާ ފައިސާ ކަމަށެވެ. 

އޭގެ އިތުރުން މަލީހް ވިދާޅުވީ ފަސް އަހަރުގެ ދައުރެއްގައި 2.5 އަހަރު ރައީސްކަން ކުރުމަށް ފަހު ފައިސާ ނެގުމަކީ ރައްޔިތުންނަށް ގައްދާރުވުން ކަމަށެވެ. 

"ދައުރަކީ 5 އަހަރު. 2.5 އަހަރު ރައީސްކަން ކޮށްފަ ދައުރެއްގެ ފައިސާ ނެގުމަކީ ރައްޔިތުންނަށް ގައްދާރުވުން. ރައީސުލް ޖުމްހޫރިއްޔާއަށް މަހަކު ލިބިލައްވަނީ 100000 ރުފިޔާ. ރ.ނަޝީދު މިހާރުވެސް އޭގެ ޑަބަލްއަށް ވުރެ ގިނައިން ނަނގަވާ. އަންދާ ގާނޫނު،"

ރައީސުލްޖުމްހޫރިއްޔާއަށް ވުރެ ދެގުނަ ބޮޑުކޮށް ރައީސް ނަޝީދު، ނަންގަވަމުންދާތީ އެކަމާއި ނުރުހުން ފާޅުކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް