ބިގް ބޮސްގައި މަސައްކަތް ކުރުމަށް ފަހުގައި ހީނާ ދެން ފެނިގެން ދިޔައީ ކަސޯޓި ޒިންދަގީގެ ކޮމޯލިކާގެ ބައިންނެވެ. އެ ރޯލު ހީނާ ވަރަށް ފުރިހަމައަށް ވަނީ އަދާކޮށްފަ އެވެ.
އޭނާގެ އެ ކެރެކްޓާއަށް ގިނަ ފަރާތްތަކެއްގެ ތަރުހީބު ލިބިގެން ދިޔަ އެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ ހީނާ ވަނީ އެ ރޯލު ވެސް ދޫކޮށްލާފަ އެވެ.
ހީނާ ވަރަށް ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އަނބުރާ އިންޑާއަށް މިހާރު ވަނީ ގޮސްފަ އެވެ. އޭނާ އިންޑިއާއަށް ގޮސް ވަނީ ފެޝަން ޝޯއަކުން ފެނިފަ އެވެ.
އޭނާ އެ ޝޯގައި ލައިގެން ހުރި ހެދުމުން ބެލުންތެރިންނަށް ކޮމޯލިކާގެ ހަނދާން އަނެއްކާވެސް ވަނީ އާވެގެން ގޮސްފަ އެވެ.
ލެހެގާއަކާއި ބްލައުޒެއް ލައިގެން ހުރި މަންޒަރު ފެނިގެންދާއިރު ހީނާ ވަރަށް ރީތި ކަމަށް އޭނާގެ ފޭނުން ވަނީ ބުނެފަ އެވެ. އަދި ކޮމޯލިކާގެ ހަނދާން އާވިކަން ވެސް ފާހަގަކުރެ އެވެ.