ads
ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު--
ގާނޫނު އަސާސީ އަކީ ކުޅޭކުޅޭ އެއްޗެއް ނޫން: މަލީހު
ގާނޫނުއަސާސީ އަކީ ކުޅޭކުޅޭ އެއްޗެއް ނޫން ކަމަށާއި، އެކަން މަޖިލީހުގެ މެމްބަރުންނަށް އެނގިލައްވަން ޖެހޭނެކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުކުރުވި މައްސަލާގައި ސީއެންއެމްއަށް މައުލޫމާތު ދެއްވަމުންނެވެ. 

ސީއެންއެމްއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި މަލީހު ވިދާޅުވީ، އެންމެ ފުރަތަމަ ކަމަކަށް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހާޒިރުކުރުވީވެސް ގާނޫނާ ހިލާފަށް ކަމަށާއި، ގާނޫނު އަސާސީއަކީ ކުޅޭކުޅޭ އެއްޗެއް ނޫންކަމަށެވެ. މިހެން ވިދާޅުވެ މަލީހު ވަނީ، މީގެކުރިންވެސް ވިދާޅުވިގޮތަށް، ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މަޖިލިހުގެ މެންބަރެއް ނުވަތަ އެ ނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެ މަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް އެއްވެސް ތަހުގީގެއް ނުހިންގޭނެކަމަށް ވިދާޅުވެފައެވެ. 

މީގެއިތުރުން މަލީހު ވިދާޅުވީ، ގާނޫނާ ހިލާފަށް ކޮމިޓިއަށް އެބޭފުޅާ ހާޒިރު ނުކުރެވޭނެކަން މަޖިލީހުގެ މެމްބަރުންނަށް ގާނޫނީ ލަފާ ދެއްވަން ތިއްބެވި ބޭފުޅުނުންނަށްވެސް އެނގިނުލެއްވުމަކީ ދެރަކަމެއް ކަމަށާއި، އެކަމާއި ހިތާމަކުރައްވާ ކަމަށެވެ. 

މިއަދުގެ ކޮމިޓީގައި މަލީހު ވަނީ، އިމްތިޔާޒާ ބެހޭ ގާނޫނުގެ 36 ވަނަ މާއްދާގައި އެ ގާނޫނު ތަންފީޒުކުރުމަށްޓަކައި ގަވާއިދުތަކެއް ހަދަންޖެހޭ ކަމަށް ބުނެފައިވާ ކަމަށާއި، އެފަދަ އެއްވެސް ގަވާއިދެއް ހެދިފައިވޭތޯއާއި އަދި އެ ގަވާއިދުތައް ގެޒެޓުގައި ޝާއިއުކޮށްފައިވޭތޯ ސުވާލުކުރެއްވާފައެވެ.

މަލީހު ސީއެންއެމްއަށް ވިދާޅުވީ، އެ ސުވާލު އުފެއްދެވުމުން ކަމަށްވެސް ކޮމިޓީގެ މެމްބަރުންނަށް ޖަވާބު ނުދެއްވުނު ކަމަށެވެ. 

މިނިސްޓަރު މަލީހު އިމްތިޔާޒް ކޮމިޓީއަށް މިއަދު ހާޒިރުކޮށްފައިވަނީ، އެބޭފުޅާ ވަޒިރުކަމުން ދުރުކުރުމަށް މަޖިލީހުގައި އެބޭފުޅާގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހުގައި ނެގި ދުވަހު، ޖަވާބުދާރީވާން ދެއްވި ފުރުސަތުގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަޒީރުންނަށް ބިރުދައްކާކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް