ނަމަވެސް ލޯބިވެރިޔާގެ ލޮލަށް ބަލާލުމުން އޭނާ ހަގީގީ ލޯބިވާކަން ހާމަވާނެކަން އެނގޭ ހެއްޔެވެ؟ ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ލޯބިވާ މީހަކާ ދިމާލަށް ބަލަންޏާ ލޮލުގެ ކަޅި ބޮޑުވާނެ އެވެ.
އެހެންކަމުން ލޯބިވެރިޔާ އަސްލު ވެސް ލޯބިވޭތޯ ބަލަން ބޭނުންވާނަމަ ރައްޓްހިވެގެން އުޅޭ ކުއްޖާގެ ލޮލުގެ ކަޅިއަށް ބަލާލުމުން އެނގިގެން ދާނެ އެވެ.
ކަޅި ބޮޑު ލޮލެއް
ސައިންސްވެރިން ހަދާފައިވާ ސާވޭއަކުން ދައްކާ ގޮތުގައި ކަޅި ކުޑަވާނީ ރުޅިއަންނަ މީހަކާ ދިމާލަށް ބެލުމުންނެވެ. އަދި ބައެއް ފަހަރު ލޮލަށް އަލި އެޅޭގޮތަކުން ވެސް ކަޅީގެ ބައްޓަމަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ވެސް އެ ދިރާސާއިން ދައްކަ އެވެ.