ބިޕާޝާ ކުޅުނު ބިރުވެރި ރޯލްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ރޯލަކީ އޭނާ ރާޒް ތިނެއްގައި ކުޅުނު ބައެވެ. ނުބައި ބައިން އޭނާ ފެނިފައިވާއިރުގައި ބިރުވެރި ބައެއްވެސް އެނާ ކުޅެން ޖެހިފައި ވެއެވެ.
އެ ރޯލް އޭނާ ކުޅުނު އިރުގައި ވަރަށް ބިރުގަތް ކަމަށާއި ބިރުވެރި ފާޑު ފާޑުގެ ހުވަފެންވެސް އޭނާއަށް ފެންނަ ކަމަށް ބިޕާޝާ ބުންޏެވެ.
ބިޕާޝާ ރާޒް ފިލްމު ތެރެއިން
ބިޕާޝާ ބުނި ގޮތުގައި ރޭގަނޑު ގަޑީގައި އޭނާ އެކަނި ނިދަން ވަރަށް ބިރުގަތް ކަމަށާއި ބައެއް ފަހަރު ބިރުން ހަޅޭލަވަމުން ވެސް ހޭލެވޭ ކަމަށެވެ.
ރާޒް 3 ގެ ފަހުން ބިޕާޝާ ދެން ފެނިގެން ދިޔައީ"އެލޯން" ނަމަކަށް ކިޔާ ބިރުވެރި ފިލްމަކުން ނެވެ.
އެ ފިލްމުން އޭނާގެ މިހާރުގެ ފިރިމީހާ ކަރަން ސިންގް ގްރޯވަރާ ވެސް ވަނީ ބައްދަލު ވެފަ އެވެ.