ads
ހިނާ ހާން
ހިނާ ހާން ރާއްޖޭގައި ފޮޓޯ ނެގުން ނޫން ކަމެއް ނުކުރޭ
މަޝްހޫރު ޑްރާމާ “ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭ”އިން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އަދި ބިގްބޮސް ވިނާ ހީނާ ހާން މިވަގުތު ހުރީ ކުރަމަތި އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމުގަ އެވެ.
Advertisement

ހީނާ އެންމެ ފަހުން ރާއްޖެ އައިސްފައި ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހު ގައެވެ. އެފަހަރުވެސް ކުރަމަތި އައިލެންޑް ރިސޯޓު ގައި ޗުއްޓީ ހޭދަކުރުމަށް ފަހު އިންޑިއާއަށް ދިއުމަށް ފަހު އަނެއްކާވެސް މިމަހުގެ 17 ވަނަ ދުވަހު އޭނާ ވަނީ ރާއްޖެއަށް އައިސްފައެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ހީނާ އައިސްފައި ވަނީ އޭނާގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް އާ އޭނާގެ އާއިލާއާ އެކުގަ އެވެ. 

ހީނާ ބުނީ ރާއްޖެއަކީ އޭނާގެ “ހެޕީ ޕްލޭސް” ކަމަށެވެ. ކޮންމެ ފަހަަރަކުވެސް ރާއްޖެ އައުމަށް ފަހު ހީނާ ފެންނަނީ ފޮޓޯ ނެގުމުގައި އުޅޭތަނެވެ. ރާއްޖެއަށް ކުރާ ދަތުރުތަކުގައި ރާއްޖޭގެ ހިތްގައިމު މާހައުލުން އޭނާ ނަގާ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލާއިރަށް އެތައް ބައެއްގެ ސަމާލުކަން އެ ޕޯސްޓްތަކަށް ލިބެއެވެ.

your imageހީނާ ހާން ނަގާފައިވާ ބައެއް ފޮޓޯތަށް

މިފަހަރުވެސް ރާއްޖެ އައުމާ އެކު ފޮޓޯ ނެގުން ނޫން ކަމެއް އޭނާ ނުކުރެއެވެ. އޭނާގެ އިންސްޓަގްރާމް ފީޑްވެސް ފުރިފައިވަނީ ރާއްޖޭގެ މާހައުލުން ނަގާފައިވާ އޭނާގެ “ހޮޓް” ފޮޓޯތަކުންނެވެ. ބައެއް މީހުން ސިފަކުރާ ގޮތުން އޭނާ ރާއްޖެ އަންނަނީ ހަމައެކަނި ފޮޓޯ ނަގާށެވެ. 

your imageފޮޓޯ: އިންސްޓާ

މީގެ އިތުރުން ހީނާ ވަނީ އޭނާ ރެދަން ބަލަން އުޅޭ މަންޒަރުވެސް އިންސްޓަގްރާމަށް ހިއްސާކޮށްފަ އެވެ. އަދި އެކި ކެޔުންތައް ކާ މަންޒަރު ވެސް ފެނެ އެވެ. އެ އެއްޗިހީގެ މީރު ވާހަކަ އޭނާ ވަނީ ހިއްސާކޮށްފަ އެވެ.

ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ. އެކަމަކު ބޮލީވުޑުގައި މަސައްކަތް ކުރަން އެ ޝޯ، އޭނާ ދޫކޮށްލިއިރު އޭނާގެ ފުރަތަމަ ފިލްމު، "ހެކްޑް" މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.  

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް