ads
ފޮޓޯ: ދުވަސް
ބައެއް ބެލެނިވެރިން ނިކުމެ ރިނބިދޫ ސްކޫލުގައި ތަޅުއަޅުވައިފި
އެޑިޔުކޭޝަން މިނިސްޓްރީން ބަލަމުންދާ މައްސަލައެއްގައި ރިނބިދޫ ސްކޫލްގެ ޕްރިންސިޕަލް މިނިސްޓްރީއަށް ހާޒިރުވާން އެންގުމުން އެ ރަށު ސްކޫލްގެ ބައެއް ބެލެނިވެރިން ނިކުމެ ސްކޫލްގައި ތަޅުއަޅުވައި އިހްތިޖާޖް ކޮށްފި އެވެ.

އެކަމުގެ މައުލޫމާތު ސީއެންއެމްއާއި ހިއްސާކުރައްވަމުން  ރިނބިދޫ ކައުންސިލުން ބުނެފައިވަނީ، ބެލެނިވެރިންގެ ތެރެއިން މަދު ބަޔަކު އަދި ބައެއް އާއްމު ރައްޔިތުން ހިމެނޭ ގޮތަށް ސްކޫލް ދޮށަށް ޖަމާވެ ތަޅު އަޅުވާފައިވަނީ، އެޑިޔުކޭޝަން މިނިސްޓްރީން ބަލަމުންދާ މައްސަލައެއްގައި ރިނބިދޫ ސްކޫލްގެ ޕްރިންސިޕަލް މިނިސްޓްރީއަށް ހާޒިރުވާން އަންގާފައިވާތީ، އެކަމާއި ނުރުހުން ފާޅުކޮށް މިއަދު ހެނދުނު ސްކޫލް ހުޅުވުމުގެ ކުރިން 06:00 ހާއިރު ކަމަށެވެ. 

ހެނދުނު 07:00 ޖަހާއިރު ސްކޫލް ހުޅުވަންވާއިރަށް ބެލެނިވެރިންވަނީ އެ ސަރަހައްދަށް ގޮސް ސްކޫލްގެ ބޮޑު ގޭޓުގައި ތަޅުއަޅުވައި ގޭޓު ކުރިމަތީ އިހްތިޖާޖް ކޮށްފައެެވެ. 20 ބެލެނިވެރިން ހިމެނޭ ގޮތަށް ކުރި މި އިހްތިޖާޖް ނިންމާ ސްކޫލްގެ ތަޅު ނައްޓާ އެމީހުން ތަން ދޫކޮށް ގޮސްފައިވަނީ ކައުންސިލުން އެ ސަރަހައްދަށް ގޮސް ވާހަކަދައްކައިގެން 07:45 ހާއިރު ކަމަށް ކައުންސިލުން ބުނެއެވެ. 

ރިނބިދޫ ސްކޫލްގެ ޕްރިންސިޕަލް މިނިސްޓްރީއަށް ހާޒިރުވާން އެންގުމުން އެ ރަށު ސްކޫލްގެ ބައެއް ބެލެނިވެރިން ނިކުމެ ސްކޫލްގައި ތަޅު އަޅުވައި އިހްތިޖާޖް ކޮށްފައިވާއިރު އެމީހުންގެ ޑިމާންޑަކީ ޕްރިންސިޕަލްއާއި މެދު މިނިސްޓްރީއަށް ހުށެހެޅިފައިވާ މައްސަލަ ބަލައި ފޮނުވާލަން އުޅެނީ ކީއްވެތޯ ސާފުކުރުމެވެ. 

ރިނބިދޫގައި މިވަގުތު ހުންނެވި ޕްރިންސިޕަލް އަކީ ދ. ކުޑަހުވަދޫ ބޭފުޅެކެވެ. ރިނބިދޫ ސްކޫލްގެ ހިންގެވުމާއި ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ކިޔެވުން ފެށުމާއިއެކުއެވެ. މައުލޫމާތު ލިބޭގޮތުން ޕްރިންސިޕަލްއާއި ބެހޭ ގޮތުން މިނިސްޓްރީއަށް ރަށުގެ ބައެއް ބެލެނިވެރިންގެ ފަރާތުންނާއި އާއްމުން ރައްޔިތުންގެ ފަރާތުން މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ ޕްރިންސިޕަލް  ސިޔާސީ ކަންކަމުގައި ބައިވެރިވުމާއި ވަކި ޕަޓީއަކަށް ފައިދާ ވާގޮތަށް ރަށުގައި ހިންގާ ކެމްޕެއިން ހަރަކާތްތަކުގައި ވެސް ބައިވެރިވަމުންދާތީ މިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަލައެކެެވެ. 

ރިނބިދޫއަށް 2020ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ދަތުރުފުޅުގައި ވެސް ޕްރިންސިޕަލްގެ ފަރާތުން ރައްޔިތުންނަށް އެކަން ފާހަގަކުރެވުމުން މިނިސްޓްރީއަށް އެ މައްސަލަތައް ހުށަހެޅިފައިވާ ކަމަށާއި އެެހެން ނަމަވެސް މިހާތަނަށް އެކަމުގައި ފިޔަވަޅެއް ނާޅުއްވާ ދޫކޮށްލާފައިވަނިކޮށް، މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައިވެސް ސީދާ ޕްރިންސިޕަލް ބައިވެރިވަމުންދާތީ ރައްޔިތުންގެ ފަރާތުން މިނިސްޓްރީއަށް ޝަކުވާ ހުށަަހަޅައި ގިނަ ބަޔަކު ހިތްހަމަ ނުޖެހުން ފާޅުކުރަން ފެށުމުން މިނިސްޓްރީން ވަނީ ޕްރިންސިޕަލްގެ މައްސަލަ ބަލަން ފަށާފައިވާކަން އަންގާ އެމައްސަލައަށް ޖަވާބުދާރީ ވުމުގެ ގޮތުން މާލެއަށް އައުމަށް އަންގާފައެވެ. 

ބައެއް ބެލެނިވެރިން ނިކުމެ ސްކޫލްގައި ތަޅުއަޅުވައި އިހްތިޖާޖް ކޮށްފައިވަނީ އެހެންވެއެވެ. މިއަދުގެ އިހްތިޖާޖް ނިންމާ ސްކޫލްގެ ތަޅު ނައްޓާ އެމީހުން ތަން ދޫކޮށް ގޮސްފައިވަނީ ކައުންސިލުން އެ ސަރަހައްދަށް ގޮސް ވާހަކަދައްކައިގެން 07:45 ހާއިރުއެވެ. އޭގެ ފަހުން ސްކޫލްގެ ކިޔެވުން ފަށައިގެން ކުރިއަށް ގެންގޮސްފައިވާ ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް