ads
ރައްޔިތުންގެ މަޖިލީހުގެ ފުލޯ: ފޮޓޯ މަޖިލިސް
ކާފިއުގަޑީގައި މެމްބަރުންނަށް ބޭރުގައި އުޅެވޭނެގޮތް ހަދައިދޭން އެދިއްޖެ
ރައްޔިތުން މަޖިލީހުގެ އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ކާފިއު ވަގުތު ބޭރުގައި އުޅެވޭނެގޮތް ހަދައިދިނުމަށް އެދި މަޖިލީހުގެ ރައީސް އަށް ސިޓީއެއް ފޮނުވުމަށް ފާސް ކޮށްފި އެވެ.

އެ ކޮމިޓީން މިއަދު ބޭއްވި 10 ވަނަ ބައްދަލުވުމުގައި ވަނީ، ކޮވިޑް 19 އާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މެމްބަރުންނަށް ދިމާވާ ދަތިތަކާއި ގުޅިގެން މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން ކާފިއުގަޑީ މެމްބަރުންނަށް ބޭރުގައި އުޅެވޭނެގޮތް ހަދައިދޭން އެދުމަށް ނިންމާފައިވަނީ، މަޖިލީހުގެ މެމްބަރުން ކުރާ މަސައްކަތާއި، މަސައްކަތުގެ ބާވަތާއި، މަސައްކަތް ކުރަން ޖެހޭ ގަޑިއާއި، ވަގުތާއި ތަންތަނަށް ބަލާއިރު، މަޖިލީހުގެ މެމްބަރުންނަށް ފަސޭހަކަމާއެކީގައި ތަންތަނަށް ވަޑައިންނެވުމަށް އަދި ހަމަ އެއާއެކީ، އެކި ވަގުތުތަކުގައި ކުރާ މަސައްކަތް ދަތި ނުވާނެ ގޮތަށް މަގުތަކުގައި އުޅޭނެ ގޮތް ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ފެންނާތީ ކަމަށް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ފާހަގަ ކޮށްފައިވެއެވެ. 

މީގެ އިތުރުން މިހާރު މިއޮތް "ޕެންޑެމިކް"ގެ ހާލަތުގައި މިއީ އަދި ވަކިން މުހިއްމު ކަމެއް ކަމަށާއި، މެމްބަރުން ބަންދުވެފައި ތިބުމަކީ މެމްބަރުން ތަމްސީލު ކުރާ ދާއިރާތަކައްވެސް ދަތިވާނެ ކަމެއް ކަމަށް ފާހަގަ ވާ ކަމަށް މި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރަރު ވިދާޅުވެފައި ވެއެވެ. 

ހަމައެއާއެކު މަޖިލީހުގެ މެމްބަރުން ކުރައްވާ މަސައްކަތަކީ ވަކި ވަގުތެއް ކަނޑައެޅިގެން ވަކި ތަނެއްގައި ތިބެގެން ކުރާ މަސައްކަތެއް ނޫން ކަމަށާއި، ކާފިއު ވަގުތުވެސް މެމްބަރުންނަށް ނިކުމެވެން ޖެހޭކަމަށް ކޮމިޓީގެ މުގައްރަރު ވިދާޅުވިއެވެ. 

މިއަދު މިބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން މި ލިޔުން ވަނީ ފާސްކޮށްފައެވެ. އަދި މާދަމާ މި ލިޔުން ސިޓީއެއްގެ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވުމަށް ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް