ads
ވިއްސާރައިގަ ބްރިޖު ޕްލެޓްފޯމްގެ ފުރާޅު އެއްލާލައިފައި-
ބްރިޖް ޕްލެޓްފޯމްގެ ފުރާޅު ވަޔާ އެއްލާލައިފި
ވައިގަދަ ވުމުގެ ސަބަބުން ބްރިޖް ވިއު ޕްލެޓްފޯމްގެ ފުރާޅު ވަޔާ އެއްލާލައިފި އެވެ.

ސޯޝަލް މީޑިއާގައި މީހަކު ހިއްސާކުރި ވީޑިއޯއެއްގައި، ބްރިޖް ޕްލެޓްފޯމުގެ އިތުރުން ބްރިޖް ޕްލެޓް ފޯމު ކައިރީ އިން ހަދަމުންދާ ތަނެއްގެ ޓިނުތައް ވަޔާ ދާތަން ފެނެއެވެ.

އެގޮތުން އެއް ޓިނުގަނޑު ވަޔާއެކު މަގުމައްޗަށް ވެއްޓިފައިވާތަން އެ ވީޑިއޯއިން ފެނެއެވެ. 

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ދުވަސް ވަރެއްކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފައެވެ. 

އެގޮތުން މޫސުން ގޯސްވެ އިތުރު ޔެލޯ އެލާޓެއް ނެރެފައި ވަނީ ހަވީރު 17:00 އިންފެށިގެން މިރޭ 21:00 ގެ ނިޔަލަށް ށ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. 

މެޓުން ބުނީ މިސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށްވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. 

މީގެ އިތުރުން މިއަދު މެންދުރު ވަނީ 15:00 އިން ފެށިގެން 17:00 ގެ ނިޔަލަށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވެސް ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައެވެ. 

މީގެ އިތުރުން މޫސުން ގޯސްވުމުގެ ސަބަބުން އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުކުރާ މީހުން ސަމާލުވާން އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް