ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެއާ އިންޑިއާގެ ފްލައިޓެއް---
އިންޑިއާ-ރާއްޖެ ޑައިރެކްޓު ފްލައިޓުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބާއްވަނީ
އިންޑިއާގެ ޑައިރެކްޓު ފްލައިޓުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭއްވުމަށް މަޝްވަރާ ކުރަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހާމަކުރައްވައިފިއެވެ.
Advertisement

އިންޑާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މީޑިއާއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، އިންޑިއާއިން ދިވެހިރާއްޖެއަށް ވައިގެ މަގުން ކުރާ ދަތުރުތައް އިތުރުކުރުން މުހިންމުކަމަށެވެ. 

އެގޮތުން އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު އިތުރު ފްލައިޓުތައް ބާއްވައި އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ބޭނުންވާކަމަށެވެ. އެގޮތުން މިއަހަރު ނިމުގެ ކުރިން ތިން ލައްކަ ފަތުރުވެރިން އިންޑިއާއިން ގެނައުމަކީ ދިވެހި ރާއްޖޭގެ އަމާޒެއް ކަމަށް ވެސް ވިދާޅުވިއެވެ. 

"ސަދަން ޒޯން ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް އެބަކުރެވޭ، މިހާރުވެސް ވާހަކަ އެބަ ދެކެވޭ، އިންޑިއާއިން ސީދާ ޑައިރެކްޓް ފްލައިޓެއް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެނައުމަށް ޕެކޭޖެއް ހެދުމާއި ގުޅޭގޮތުން،" މިނިސްޓަރު އިންޑިއާގައި ހުންނަވައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވިއެވެ. 

އިންޑިއާއިން ވަނީ ކޮވިޑް 19 އާއި ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށްފައެވެ.

ނަމަވެސް، އިންޑިއާއާއި ރާއްޖެއާ ދެމެދު ގާއިމްކޮށްފައިވާ ޓްރެވަލް ބަބުލްގެ 5 އެއާލައިނަކުން މިހާރުވެސް އަންނީ އިންޑިއާއި ރާއްޖެއާއި ދެމެދު ދަތުރުތައް ކުރަމުންނެވެ. ހަފްތާއަކު 61 ދަތުރު ރާއްޖެއާއި އިންޑިއާއި ދެމެދު ކުރެއެވެ. 

 މޯލްޑިވިއަން އަންނަ މަހުގެ 13 ވަނަ ދުވަހު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓާއި އިންޑިއާގެ މުމްބާއީއާއި ދެމެދު ދަތުރުތައް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް